ޗައިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނާރީއާއި ޓެސްޓު ކިޓް ހަދިޔާކުރުން. ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނަށް ދެ ލައްކަ ރުފިޔާގެ ދަނޑުވެރިކަމާބެހޭ ތަކެތި ހަދިޔާކޮށްފިއެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓެވެ.
މިއަދު ބޭއްވި "މޯލްޑިވްސް - ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޮންފަރެންސް"ގެ ތެރެއިން މި ތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެވަޑައިގަތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ. މިއީ 100,000 ޗައިނީސް ޔުއާން ނުވަތަ 224،754 ރުފިޔާގެ އަގު ހުރި ތަކެތި ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ "ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" އާއި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" އާ ދެމެދު އެއްބަސްވުމެއްގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢަލީ އާމިރެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ "ސިޗުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް ޝޫ ބިން އަދި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" ގެ ފަރާތުން ޕްރެޒިޑެންޓް މޫ ޖިންގއީއެވެ.
މި އެއްބަސްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ވެށީގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދުދިނުން ހިމެނެއެވެ.
ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ފަހިކޮށްދިނުންވެސް މި އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ކަމާގުޅުންހުރި އެކި ދާއިރާތަކުން ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުން މި އެއްބަސްވުމުގައި ހިމެނޭކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް