ފަލަސްތީނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމައިގެ ތެރެއިން
އިޒްރޭލުގެ ސިފައިން މިހާރު ދަނީ އޮކިއުޕައިޑް ވެސްޓް ބޭންކުގެ ތުލްކަރަމްގައި ރެއިޑެއް ކުރަމުންނެވެ. މިއީ އެ ސަރަހައްދުގައި ކުރެވުނު ވައިގެ ހަމަލާއެއްގައި ކާރެއްގައި ތިބި މަދުވެގެން 5 މީހުން މަރުވުމާ ގުޅިގެންނެވެ.އަދި މި ހަމަލާގައި ހަމާސްގެ ހަތިޔާރުއެޅި ބައި ކަމަށް ބެލެވޭ ޤައްސާމް ބްރިގޭޑްސްގެ އެ ސަރަހައްދުގެ ކޮމާންޑަރެއް މަރުވެފައިވާ ކަމަށް އިޒްރޭލު ސިފައިން ބުނެފައިވެއެވެ.
ޕެންޓަގަނުން ބުނެފައިވަނީ، ޓެހެރާނުގައި ހަމާސްގެ ސިޔާސީ އިސްވެރިޔާ އިސްމާޢީލް ހަނިޔާ އަވަހާރަކޮށްލުމާ ގުޅިގެން އިރާނުން އިސްރާއީލަށް ޖަވާބުދާރީވެދާނެކަމުގެ އަންދާޒާތައް އިތުރުވަމުންދާތީ، އެ ސަރަޙައްދަށް އެމެރިކާގެ ސިފައިންގެ އިތުރު ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކާއި ހަނގުރާމަ އުޅަނދުތައް ފޮނުވާނެ ކަމަށެވެ.
ހަމާސްގެ ސިޔާސީ އިސްވެރިޔާ އިސްމާޢީލް ހަނިޔާ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ އެކި ހިސާބުތަކުގައާއި ލެބަނޮން، ޔަމަން އަދި ޖޯޑަން ހިމެނޭގޮތަށް، ހާހުން ގުނާލެވޭ އަދަދެއްގެ މީހުން ހިތާމަ ފާޅުކޮށް އޭނާއަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން އެއްވެ ރެލީތައް ބާއްވައިފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް އިން ބުނާ ގޮތުގައި އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާ ސްޓްރިޕްގެ ހުރިހާ ޢިމާރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި، 151,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ގެއްލުން ލިބި ނުވަތަ ފުނޑުފުނޑުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން މިހާތަނަށް 39,480 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 16,314 ކުދިން ހިމެނެއެވެ. އަދި 91,128 މީހުންނަށް އެކިވަރުގެ ޒަޚަމްތަށް ލިބިފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް