މާލޭ ޓްރެފިކްގެ ހާލަތު ވަނީ ދިރިއުޅުމަށް އުނދަގޫވާ މިންވަރަށް ގޯސްވެފައި: މިނިސްޓަރ އަމީން

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން

ކުރީގެ ސަރުކާރުތަކުގެ ޢަމަލުތަކުގެ ސަބަބުން، މާލެ ސަރަޙައްދުގެ ޓްރެފިކްގެ މައްސަލަ ތަހައްމަލު ނުކުރެވޭ ހިސަބަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްވިޓަރ ގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ގަވާއިދާ ޚިލާފަށް ގަރާޖު ރަޖިސްޓަރީ ދޫކުރުމާއި ރަޖިސްޓަރީ ނުކުރާ އުޅަނދުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތައް ކުނިގޮނޑަކަށް ވެފައިވާކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، މިކަމަށް ފަސޭހަ ހައްލެއް ނެތް ނަމަވެސް، ރައްޔިތުންގެ މަންފާއަށްޓަކައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިމައްސަލައަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރާވާހަކަވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން. އަދި މިމައްސަލައަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރަން،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ބަސްފުޅު ވިދާޅުވެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ޕާކިންގ އޭރިޔާއިން ގިނަ އަދަދެއްގެ ރޭސް ކާރުތަކެއް ޓޮއުކޮށްގެން ގެންދިޔުމަށްފަހުގައެވެ. އެ ސަރަހައްދުން ނެގިފައިވާ ފޮޓޯތަކުން ދައްކާގޮތުގައި އެތަނުގައި ހުރި ގިނަ އުޅަނދުތަކަކީ ބީ-ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެކެވެ. މިއީ އުތުރާއި ދެކުނުގައި ދުއްވުމަށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއް ކަމަށްވެފައި، މާލެ ސަރަހައްދުގައި ދުއްވުމަށް ހުއްދަ ނެތް އުޅަނދުތަކެކެވެ.

މިނިސްޓަރ އަމީން ޓްރާންސްޕޯޓް މިނިސްޓަރުކަމާ ހަވާލުވުމަށްފަހު، އުޅަނދު ރަޖިސްޓްރީކުރުމުގެ އުސޫލުތައް ވަނީ ވަރަށް ހަރުކަށިކުރެވިފައެވެ. މިކަން މިގޮތަށް ކުރެވިފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

ވިނަރެސް ފްލެޓް ކައިރީގައި ދާދިފަހުން ހިނގި ނުރަށްކާތެރި އެކްސިޑެންޓްގައި، ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ރޭސް ކާރެއް މަގުމަތީގައި ހުއްޓާފައިހުރި މޮޓޯސައިކަލެއްގައި މީހަކު އިންދައި ޖެހުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ މަގުމަތީގެ ސަލާމަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި އުޅަނދުތަކުގެ އަދަދު މަދުކުރުމަށާއި ޓްރެފިކް ހާލަތު ބަދަލުކުރުމަށް ރޭވިފައިވާ ޕްލޭނެއް ތަޢާރަފުކޮށްފައެވެ.

މިނިސްޓަރ އަމީންގެ ބަސްފުޅުން އަދި ސަރުކާރުގެ އައު ޕްލޭނުން ދޭހަވަނީ، މާލޭގެ ޓްރެފިކް ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ނަމަވެސް، މި މައްސަލަ ހައްލުކުރުމަށް ދިގު މުއްދަތެއް ނަގާނެކަމެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy