ހަނިއްޔާ އަވަހާރަކޮށްލުމުން މަޝްވަރާތަކަށް އިތުރު ގޮންޖެހުމެއް - ބެން ކާޑިން

ޓެހްރާންގައި އަވަހާރަކޮށްލެވުނު ހަމާސްގެ ސިޔާސީ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާގެ ޖަނާޒާގައި އީރާނުގެ ގިނައަދަދެއްގެ ބަޔަކު ބައިވެރިވި. ފޮޓޯ: ގެޓީ އިމާޖް

ޙަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ އީރާނުގައި އަވަހާރަވުމުން، އިސްރާއީލާއި ފަލަސްތީނުގެ އެ ޖަމާޢަތާ ދެމެދު މަޝްވަރާކުރުން އިތުރަށް އުނދަގޫވެގެންދާނެ ކަމަށް، އެމެރިކާގެ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރމަން ބެން ކާޑިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބުދަ ދުވަހު ކެޕިޓަލް ހިލްގައި ބޭއްވުނު ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ބެން ކާޑިން މިކަމާގުޅިގެން ނޫސް ވެރިންނާ ބައްދަލުކުރެއްވީ، މި މަރުގެ ސަބަބުން މެދު އިތުމަތީގެ ސުލްހައަށް ކުރާނެ އަސަރާ ގުޅޭގޮތުން ކޮމެންޓް ކުރުމަށް ސްޓޭޓް ޑިޕާޓްމަންޓާއި ވައިޓް ހައުސްއިން ކުރިން އިންކާރުކޮށްފައިވަނިކޮށެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ހަނިއްޔާ ބައިވެރިވެފައިވާކަން ކާޑިން ޤަބޫލުފުޅު ކުރައްވައެވެ. އަދި ހަނިއްޔާ އަވަހާރަވުމުން "ރަހީނުން ބަދަލުކުރުމުގެ މަޝްވަރާތަކަށް މާ ބޮޑު ގޮންޖެހުމަކަށް މިވަގުތު ވެއްޖެ" ކަމަށް ކާޑިން ވިދާޅުވިއެވެ.
"މިހާރުވެސް ހޫނުވެފައިވާ ހާލަތު އިތުރަށް ހޫނުވެއްޖެ،" އޭނާ ތަފްޞީލްކޮށްދެއްވިއެވެ.


ކާޑިން ވިދާޅުވީ، ހަނިއްޔާ އަވަހާރަވުމުގެ ކުރިން އެމެރިކާއަށް އެކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. ޑިޕްލޮމެޓުންނާއި ވައިޓް ހައުސްއިން ވެސް ބުނެފައިވަނީ މި ވާހަކައެވެ.

ކާޑިން ވިދާޅުވީ، އެމެރިކާއަށް އަދި ވަކި މަޢުލޫމާތެއް ލިބިފައިނުވާތީ، ކަންތައްތައް ހިނގަމުންދާއިރު، ތަފްސީލުތަކާ ބެހޭގޮތުން ވާހަކަ ދެއްކޭކަށް ނެތް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ޒިންމާއެއް އޮތްކަމަށް އީރާނުން ތުހުމަތު ކުރާއިރު، އީރާނާއި ހަމާސްއިން މި ހަމަލާގެ ތުހުމަތު އިސްރާއީލުގެ މައްޗަށް ކޮށްފައިވާއިރު، ބީބީސީން އެހި ސުވާލަކަށް ޖަވާބުދެމުން ކާޑިން ވިދާޅުވީ އީރާނުން ބުނާ އެއްޗަކީ "އެމީހުންގެ އަމިއްލަ ޕްރޮޕަގަންޑާ ނޫން އެހެން އެއްޗެއް" ކަމަށް އޭނާ ޤަބޫލުނުކުރައްވާ ކަމަށެވެ.

ކާޑިން އިތުރަށް ވިދާޅުވީ މިނިވަން ޤައުމަކަށް ކުރާ އެއްވެސް ބާވަތެއްގެ ސިފައިންގެ އޮޕަރޭޝަނެއްގައި ބައިވެރިވުމަށް އެމެރިކާ ވަރަށް ބޮޑަށް ފަސްޖެހޭނެ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy