މާލޭގައި މާރާމާރީ ހިންގި 6 ބިދޭސީނ
މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރަން ނިންމައިފިއެވެ.
ފުލުހުން ކުރިން ވިދާޅުވި ގޮތުގައި އަސްރަފީ މަގުގައި ހިންގި އެ މާރާމާރީއާ ގުޅިގެން ދެ މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައެވެ. އެކަމަކު، އެމީހުންގެ ހާލު ގޯސް ނުވުމުން ފަރުވާ ދިނުމަށް ފަހު، ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
އެ މައްސަލައިގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހަ ބިދޭސީން އިމިގްރޭޝަނާ ހަވާލު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވަނީ އެމީހުންގެ ފޮޓޯ އާއި އުމުރު ވެސް އާންމުކޮށްފައެވެ. އެ ހަ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ދެ ފިރިހެނުންނާއި 38 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.
ރާއްޖޭގައި މާރާމާރީ ހިންގައި އަދި މުޒާހަރާކުރާ ބިދޭސީންނާއި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް