އެމްއެމްއޭގެ ގަވަރުނަރުކަމަށް އަޙްމަދު މުނައްވަރު އައްޔަންކުރައްވައިފި

‎ އަލަށް އައްޔަންކުރެވުނު އެމްއެމްއޭގެ ގަވަރުނަރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަޙްމަދު މުނައްވަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމަށް އައްޔަންކުރައްވާފައެވެ. މި އައްޔަންކުރެއްވުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އައްޔަންކުރެއްވި ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ އިއްޔެގެ ހެނދުނު ރައީސް އޮފީހުގައެވެ. ލިޔުން ޙަވާލުކުރެއްވުމަށްފަހު، ރައީސާއި އަލަށް އައްޔަންކުރެވުނު އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވައި ޤައުމުގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އެހެން މާލީ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމަށް ގަވަރުނަރަށް ހިތްވަރުދެއްވާފައެވެ. އަދި އަޙްމަދު މުނައްވަރު ވަނީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

އަޙްމަދު މުނައްވަރަކީ 12 ޑިސެމްބަރު 2023 އިން 22 ޖުލައި 2024 އަށް މިނިސްޓަރ އޮފް ފިނޭންސްގެ ލަފާދޭ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ކުރިން މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުވެސް ފުރުއްވާފައެވެ.


ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy