ބްރެޒިލްގެ ސާފަރެއްގެ “އައިކޮނިކް” ފޮޓޯ

ބްރެޒިލްގެ ސާފަރު ގެބްރިއެލް މެޑީނާގެ މަޝްހޫރު ފޮޓޯ

ރިއޯ ޑި ޖެނެއިރޯ ބްރެޒިލްގައި އެގައުމަށްނިސްބަތްވާ ކުރީގެ ދުނިޔޭގެ ޗެމްޕިއަން، ގެބްރިއެލް މެދީނާ ހޯމަ ދުވަހު އޮލިމްޕިކްސްގެ ސާފިންގ އިވެންޓުގައި ދުނިޔެ ހައިރާންކޮށްލި ޕަފޯމަންސްއަކާއެކު ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފިއެވެ.

މެދީނާ ދެއްކި ފާހަގަކޮށްލެވޭ ޓިއުބް ރައިޑަށް ލިބުނީ 9.90 ގެ ރެކޯޑު ސްކޯއެކެވެ. މިއީ އޮލިމްޕިކްސްގެ އިވެންޓެއްގެ ގޮތުގައި ސާފިންގ ހިމެނިފައިވާ ކުރު ތާރީޚުގައި އެންމެ މަތިން ލިބުނު ސިންގަލް ވޭވް ސްކޯއެވެ. މި ޕަފޯމަންސްގެ ކުރިން މެދީނާ އަމިއްލައަށް މާކްސް ދިންކަމަށް ފެނުނެވެ. އޭނާގެ އަތުން "10" ދައްކާލިއެވެ.

މި ތާރީޚީ ވަގުތު ފްރާންސްގެ އެކްޝަން ސްޕޯޓްސް ފޮޓޯގްރާފަރު ޖެރޯމް ބްރޫއިލެޓް ނެގި ފޮޓޯއަކުން ދައްކައިދެނީ މެދީނާ ލިޕްގެ މަތިން ދުއްވާލިއިރު، އޭނާގެ ކަނާތު އިނގިލި އުޑަށް ދިއްކޮށްލައިގެން ހުރި މަންޒަރެވެ. މި ފޮޓޯ އެޖެންސް ފްރާންސް-ޕްރެސްއަށް ނަގާފައިވާއިރު، މިހާރުވެސް މި ފޮޓޯ ނެގުނު ގޮތުގެ ރިޕޯޓުތައް ނެރެވެމުންދެއެވެ.

ބްރޫއިލެޓް ބުނި ގޮތުގައި، މި ފޮޓޯ ނެގީ ޕެސިފިކް ކަނޑުގައި ޕޮޒިޝަން ބަދަލުވަމުންދާ މީޑިއާ އުޅަނދެއްގައި މަސައްކަތްކުރަމުންދިޔައިރުއެވެ. އޭނާ ބުނި ގޮތުގައި ގިނަ ބަދަލުވަމުންދާ ޙާލަތްތަކެއް އެއްވަގުތެއްގައި ދިމާވާނަމަ މިއީ ފަސޭހަ ޝޮޓެކެވެ.

މި ފޮޓޯއިން ދައްކައިދެނީ މެދީނާގެ ހުނަރުވެރިކަމާއި ޖޯޝުގެ އިތުރުން، އޮލިމްޕިކްސްގައި ސާފިންގ ހިމެނުމުގެ ތާރީޚީ މުހިންމުކަމެވެ. މި ފޮޓޯ ވެގެންދާނީ އޮލިމްޕިކްސްގެ ތާރީޚުގައި ފާހަގަކޮށްލެވޭ “އައިކޮނިކް” މަންޒަރަކަށެވެ.          

ފްރެންޗް ޕޮލިނީޝިއާގެ ތިއަހުޕޫގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ސާފިންގ އިވެންޓަކީ ނުރައްކާތެރި ރާޅުތަކާއި ތޫނު ފަރުތަކުގެ ސަބަބުން ގިނަ ބަޔަކު ހައިރާންވި އިވެންޓެއްކަމަށް ވެއެވެ.

ޕެރިހާ 9،765 މޭލު ދުރުގައިވާ މި ތަނަކީ ވަރަށް ބާރު ބޮޑު ރާޅުތަކާއި ނުރައްކާތެރި ފަރުތައް ހުންނަ ތަނެއްކަމަށް ވެއެވެ. ނަމަވެސް މި ތަނުގައި ރީތި ފޮޓޯތައް ނެގުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ބްރެޒިލްގެ ސާފަރެއް ކަމަށްވާ މެޑީނާ ވަނީ ޓައިމް މަޖައްލާއަށް ބުނެފައެވެ.

"ހުރިހާ ޝަރުތުތަކެއް ފުރިހަމަވެއްޖެނަމަ، މޫސުން، ރާޅު، އަލި، އަދި ބޯޓު ދުއްވާ މީހާ ރަނގަޅު ޕޮޒިޝަނެއްގައި ހުރެ، އަދި ކެމެރާ ބޭނުންކުރަން އެނގޭނަމަ، ތިއަހުޕޫގައި ސާފިންގެ ރަނގަޅު ފޮޓޯތައް ނެގިދާނެ،" މެޑީނާ ބުނެފައިވެއެވެ.

އަންގާރަ ދުވަހުގެ މުބާރާތް ވަނީ ނުރައްކާތެރި "ކޯޑް ރެޑް" ޙާލަތެއްގައި ވުމާ ގުޅިގެން ކެންސަލްކޮށްފައެވެ. ނަމަވެސް އެހެން ދުވަސްތަކުގައި މުބާރާތް ކުރިއަށްދިޔައެވެ.

މެޑީނާ ބުނިގޮތުގައި އޮލިމްޕިކްސްގައި މިފަދަ ރާޅުތަކެއް ލިބިދާނެ ކަމަކަށް އޭނާ ހުވަފެނަކުންވެސް ނުދެކެއެވެ. އަދި އެ ރާޅުތަކުގައި ސާފްކުރުމަކީ ހުވަފެނެއް ފަދަ ކަމެއްކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

25 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

55 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy