ހަމާސްގެ ސިޔާސީ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ
ހަމާސްގެ ސިޔާސީ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ, އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި އޭނާގެ ގެއަށް ދިން ހަމަލާއެއްގައި އަވަހާރަކޮށްލައިފިކަމަށް ހަމާސްއިން ބުނެފިއެވެ. ހަމާސްއިން ބުނެފައިވާ ގޮތުގައި މިއީ "ޒިއޯނިސްޓުން ކުރި ޣައްދާރު ހަމަލާއެކެވެ."
މި ހަމަލާ ދެވުނު ވަގުތު ސާފުކޮށް އެނގެން ނެތްނަމަވެސް، މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރު ބޮޑު ހާދިސާއެކެވެ. ލެބަނަންގެ ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ދެކުނު ބައިރޫތުގައި ހިޒްބުއްލާގެ ކޮމާންޑަރަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ކުރި ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް 3 މީހުން މަރުވެ 74 މީހުން ޒަޚަމްވެފައިވެއެވެ.
އަދި ޢައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފަލަސްތީނު އިސްވެރިން ބުނެއެވެ. ދެކުނު ޚާން ޔޫނިސްގައި އިޒްރޭލު ސިފައިން 9 ދުވަހުގެ މުއްދަތަށް ކުރި އޮޕަރޭޝަނެއްގައި މަދުވެގެން 255 ފަލަސްތީނުން މަރުވެފައިވާކަމަށް ޢައްޒާގެ އިސްވެރިން ބުނާއިރު، އިތުރު 42 ހަށިގަނޑު އިރުމަތީ ޚާން ޔޫނިސްއިން ފެނިފައިވެއެވެ.
މީގެ އިތުރުން، ބުރައިޖް ރެފިއުޖީ ކޭމްޕުން ނުސައިރާތު ކޭމްޕަށް ޖަނަވާރުން ދަމާ ކާޓެއްގައި ހަށިގަނޑުތަކެއް އުފުލަމުންދިޔަ 9 ޒުވާނުން އިޒްރޭލުގެ ހަމަލާއެއްގައި މަރުވެފައިވާކަން އަލްޖަޒީރާއަށް ލިބިފައިވާ ޚާއްސަ ފުޓޭޖަކުން ދައްކައެވެ.
އިޒްރޭލުން ގާޒާއަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 39،400 މީހުން މަރުވެ 90،996 މީހުން ޒަޚަމްވެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް