ލުބުނާން އަންޓަރނޭޝަނަލް އެއަރޕޯޓު
ބެއަރޫތް ވައިގެ ބަނދަރުން ފްލައިޓްތައް ކެންސަލްކޮށް ނުވަތަ ލަސްކޮށްފައިވާއިރު، ލުބުނާނުގެ މިޑްލް އީސްޓް އެއަރލައިންސް (އެމްއީއޭ) އިން ބުނެފައިވަނީ އެ ކުންފުނީގެ ފްލައިޓް ތާވަލަށް އައިސްފައިވާ ބަދަލުތަކަކީ އިންޝުއަރެންސްގެ ރިސްކާ ގުޅުންހުރި ކަމެއް ކަމަށެވެ. މިކަންވެފައަމިވަނީ، އިސްރާއީލާއި ހަތިޔާރު ގެންގުޅޭ ސިޔާސީ ޖަމާޢަތެއް ކަމުގައިވާ ހިޒްބުއްލާގެ ދެމެދުގައި އޮތް ގުޅުން ގޯސްވަމުން ދާ ދަނޑިވަޅެއްގައެވެ.
ލުފްތަންޒާ އިން ހޯމަ ދުވަހު ބުނެފައިވަނީ އެ ގްރޫޕްގެ ކެރިއަރތަކުގެ ތެރެއިން ސްވިސް އިންޓަނޭޝަނަލް އެއަރ ލައިންސް، ޔޫރޯވިންގްސް އަދި ލުފްތަންޒާގެ ބައިރޫޓަށް ކުރާ ފަސް ދަތުރު ޖުލައި 30 އާ ހަމައަށް "ރައްކާތެރިކަމަށްޓަކައި" ހުއްޓާލާފައިވާކަމަށެވެ.
އިސްރާއީލުން އަތުލާފައިވާ ގޯލަާން އުސްބިމުގައި ހޮނިހިރު ދުވަހު ހިނގި ރޮކެޓް ހަމަލާއެއްގައި 12 ޒުވާނުންނާއި ކުޑަކުދިން މަރުވުމާ ގުޅިގެން، އިސްރާއީލާއި އީރާނުގެ ބާރު ލިބިފައިވާ ޖަމާޢަތާ ދެމެދު ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އާދީއްތަ ދުވަހު ސަރުކާރަށް މި ހަމަލާއަށް ޖަވާބުދާރީވުމުގެ ހުއްދަ ދީފައިވެއެވެ.
ފްލައިޓްރަޑާރ24 ގެ މަޢުލޫމާތު ދައްކާގޮތުން، ޓަރކީގައި ހިންގާ ކުޑަ ޚަރަދުގެ އެއަރލައިން ސަންއެކްސްޕްރެސްއާއި، ޓަރކިޝް އެއަރލައިންސްގެ ސަބްސިޑިއަރީ އޭޖެޓްއާއި، ގްރީކް އެއަރލައިން އީޖިއަން އެއަރލައިންސްއާއި، އިތިއޯޕިއަން އެއަރއާއި އެމްއީއޭ އިން ވެސް ހޯމަ ދުވަހު ބެއިރޫތަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށްފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް