ދަތި ވެގެން މިއުޅެނީ ކޮވިޑުން އެކަންޏެއް ނޫން، މިއީ ބޮޑެތި ޕްރޮޖެކްޓްތައް ނުނިމުމުގެ ނަތީޖާ: ޒަމީރު

މިނިސްޓަރ ޒަމީރު

ރާއްޖޭގެ މާލީ ހާލަތު މިހާ ގޯސްވެފައި މިވަނީ ދިމާވި ކޮވިޑް-19ގެ ހާލަތުން އެކަނި ނޫން ކަމަށާއި މިއީ ދަރަނި ނަގައިގެން ހިންގަން އުޅުނު ބޮޑެތި ޕްރޮޖެކްޓްތައް ނުނިމުމުގެ ނަތީޖާ ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް ޓާމިނަލް ބޮޑުކުރުން ފަދަ މަސައްކަތަކީ ބޮޑެތި ލޯނުތައް ނަގައިގެން ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ވީ އިރު، ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު ހުޅުވުމަށް އަންދާޒާކޮށްފައިވާ ތާރީހަށް އެކަން ނުކުރެވުމުން ގައުމަށް ބޮޑެތި ގެއްލުންތައް ލިބިގެންދާ ކަމަށެވެ.

އެގޮތުން، އެފަދަ ޕްރޮޖެކްޓަކާއި އެކު ރާއްޖެއަށް އެތެރެވާނޭ ފަތުރުވެރިންގެ އަދަދު މިލިއަނުން އިތުރުވާނެކަމަށް އަންދާޒާކޮށް، ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ނިންމާ ތާރީހު ފަހަނަޅައިގޮސް ދާއިރުވެސް އެކަން ކުރެވިފައި ނުވާ އޭނާ ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ، ޕްރޮޖެކްޓެއް ފަށައި އެއިން ފައިސާލިބި ފައިސާ އަނބުރާ ދައްކަން މުއްދަތެއް ލިބުނު ނަމަވެސް މުއްދަތު ފަހަނަޅައި ދާއިރު ޕްރޮޖެކްޓް ނުނިމުމުގެ ސަބަބުން ލިބޭ ގްރޭސް ޕީރިއެޑްގެވެސް ބޭނުން ނުހިފޭ ކަމަށެވެ. އެކަހަލަ ގިނަ ޕްރޮޖެކްޓެތަކެއް މިދިޔަ ފަސް އަހަރު ތެރޭ އެބަހުރި ކަމަށް ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

ޒަމީރު ވިދާޅުވީ މި އަހަރަކީ ތިން މިލިއަން ފަތުރުވެރިން އަންނާނެކަމަށް ބެލެވުނު އަހަރު ކަމަށާއި އެއާރޕޯޓު ޕްރޮޖެކްޓް ނުނިމުގެ ސަބަބުން އެކަމަށް އެއްވެސް ބަޔަކަށް "ޕުޝް" ނުކުރެވުނު ކަމަށެވެ.

މި ޕްރޮޖެކްޓް ނިންމުމަކީ ސަރުކާރުގެ ޒިންމާއެެއްކަން ފާހަގަ ކުރައްްވަމުން ޒަމީރު ވިދާޅުވީ ޗައިނާއާއި އެކު އެގްޒިމް ބޭންކުގެ 380 މިލިއަން ޑޮލަރުގެ ފައިސާ އަނބުރާ ދެއްކުން ލަސްކުރަން އެ ގައުމާއި އެކު މަޝްވަރާކުރެވިއްޖެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީ ފުޅަށް ޗައިނާގެގެ ރައީސް ޝީ ޖިންގ ޕިންގެ ފެހި ސިގްނަލް ލިބި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ، ހިޔާ ފްލެޓްގެ ޕޭމަންޓްވެސް މިހާރު ދައްކަން ޖެހިއްޖެ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ނިމި އެތައް ޒަމާނެއް ވަންދެން އިންފްރާސްޓްރަކްޗަރ އެ ސަރަހައްދުގައި ނުނިމި ހުރުމުގެ ސަބަބުން ދިމާވި ގިނަ މައްސަލަތައްވެސް ހުރި ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

42 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy