ގާތްގަނޑަކަށް 2,500 އަލިފާން ނިއްވާ މީހުން އެ އަލިފާން ނިއްވުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެމީހުންނަށް އެހީތެރިވުމުގެ ގޮތުން 16 ހެލިކޮޕްޓަރާއި ގިނަ އަދަދެއްގެ ވައިގެ ޓޭންކަރުތައް ވެސް ބޭނުންކުރެވެމުންދެއެވެ
ކެލިފޯނިއާގެ އުތުރުގައި ކޮންޓްރޯލް ނުކުރެވި ރޯވަމުންދާ އަލިފާނުގެ ބޮޑު ހާދިސާއެއް ވަރަށް އަވަހަށް އެ ސްޓޭޓުގެ އެންމެ ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއަށް ވެއްޖެކަމަށް ހޮނިހިރު ދުވަހު އޮތޯރިޓީތަކުން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ނިމުނު އިރު، ޕާކް ފަޔަރގައި 350,000 އޭކަރ (142,000 ހެކްޓަރ) އަށްވުރެ ގިނަ ސަރަހައްދެއް އަނދައިފައިވާކަމަށް ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔަރ ޕްރޮޓެކްޝަން (ކެލް ފަޔަރ) އިން ބުނެފައިވެއެވެ. މިއީ އެ ސްޓޭޓުގެ ތާރީޚުގައި ހަތްވަނައަށް އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.
މި އަލިފާނުގެ ސަބަބުން 4,000 އަށްވުރެ ގިނަ މީހުން އެމީހުންގެ ގެތަކުން ނިކުތުމަށް ވަނީ އަންގާފައެވެ. އަދި މި އަލިފާން ރޯވަމުންދަނީ ސްޓޭޓުގެ ވެރިރަށް ސެކްރަމެންޓޯއިން 90 މޭލު (145 ކިލޯމީޓަރު) އުތުރުގައިވާ ޗިކޯ ސިޓީ ކައިރީގައިވާ ގިނައިން ފަޅުރަށްތަކާއި ފަރުބަދަ ސަރަހައްދުތަކެއްގައެވެ.
އޭޖެންސީގެ އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި، 3,700 އަށްވުރެ ގިނަ މުވައްޒަފުންނާއި ޑަޒަނަކަށްވުރެ ގިނަ ހެލިކޮޕްޓަރުތަކާއި އަދި އެތައް މަތިންދާބޯޓުތަކެއް ބޭނުންކޮށްގެން މަސައްކަތްކުރަމުންދާއިރުވެސް އަލިފާން ކޮންޓްރޯލްކުރެވިފައިވަނީ އެންމެ 10 އިންސައްތަކަމަށެވެ.
ކެލް ފަޔަރގެ އޮޕަރޭޝަން ސެކްޝަންގެ ވެރިއެއް ކަމުގައިވާ ޖެރެމީ ޕިއާސް ހޮނިހިރު ދުވަހު ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަޔަރ ފައިޓަރުން ފިނި މޫސުމުގެ ބޭނުން ހިފަމުންދާ ކަމަށެވެ. އަދި "މިއަދު ވަރަށް ރަނގަޅު ކާމިޔާބީތަކެއް ވަނީ ލިބިފައި" ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކް ފަޔަރ ފެށުނީ ބުދަ ދުވަހު ބިއުޓް ކައުންޓީގައި ހުންނަ ޗިކޯ ކައިރީގައެވެ. އަދި ގަޑިއިރުތަކެއްގެ ތެރޭގައި އެ ސަރަހައްދާއި ޓެހާމާ ކައުންޓީގެ ބޮޑު ބައެއް ހަލާކުކޮށްލިއެވެ.
ކެލް ފަޔަރގެ އެންމެ ފަހުގެ އަޕްޑޭޓުގައި ބުނެފައިވަނީ އަލިފާނުގެ ސަބަބުން 20 އިމާރާތް ހަލާކުވެފައިވާ ކަމަށެވެ. މިއީ ކުރިން އަންދާޒާކުރެވުނު 134 އަށްވުރެ މަދު އަދަދެކެވެ. އެ އިދާރާއިން ބުނެފައިވަނީ އަލިފާނުގެ ގެއްލުން ބިމުގައި ހުރެގެން ވަޒަންކުރުމަށްފަހު މި އަދަދުތަކަށް ބަދަލު އަތުވެދާނެ ކަމަށެވެ. މި އަލިފާނުގެ ސަބަބުން ބޮޑު ގަދަ ދުމެއް އުފެދި، އެ ދުން ކައިރީގައި ހުރި އެހެން ސްޓޭޓްތަކަށްވެސް ވަނީ ފެތުރިފައެވެ.
ބުރާސްފަތި ދުވަހު، އަންދާލި ކާރެއް ވާދީއަކަށް ވައްޓާލައިގެން އަލިފާން ރޯކުރި ކަމަށް ތުހުމަތުކުރެވޭ 42 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ގިނަ ކައުންޓީތަކުގެ އެކި ރަށްތަކަށް އިންޒާރުދީ އަދި އިވެކުއޭޓްކުރުމަށް އަމުރުކޮށްފައިވެއެވެ. މީގެ ތެރޭގައި 2018 ވަނަ އަހަރު ހިނގި ކޭމްޕް ފަޔަރގައި ބޮޑަށް ގެއްލުން ލިބުނު ޕެރަޑައިސް ރަށަށްވެސް އިންޒާރު ދީފައިވެއެވެ. ކޭމްޕް ފަޔަރ އަކީ ސްޓޭޓުގެ ތާރީޚުގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި މަދުވެގެން 85 މީހުން މަރުވިއެވެ.
މާހިރުން ބުނާ ގޮތުގައި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އަވަސްވެ، އަދި މީގެ ސަބަބުން އާދަޔާ ޚިލާފު މޫސުމީ ހާދިސާތައް އިތުރުވަމުންދެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް