ފަލަސްތީނުގެ ރައްޔިތުން އަނިޔާ ލިބެމުންދާ ކުދިން ގޮވައިގެން
އިސްރާއީލުން ޚާން ޔޫނިސްގެ އިރުމަތީ ސަރަޙައްދަށް އަލަށް ފަށައިގަތް ހަމަލާއަކާ ގުޅިގެން މިހާތަނަށް ނާސަރު މެޑިކަލް ކޮމްޕްލެކްސްއަށް 27 ހަށިގަނޑާއި އަދި ގިނަ އަދަދެއްގެ ޒަޚަމްވެފައިވާ މީހުން ވަނީ ގެނެވިފައެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކާއި ބޮޑުބަޑިން އަމާޒުކުރެވުނު ހަމަލާތައް ފެށުނީ، ސިފައިން އެ ސަރަހައްދު ހުސްކުރުމަށް އަމުރުކުރިތާ މަދު މިނެޓުތަކެއްގެ ތެރޭގައެވެ. ޣައްޒާގެ ފަލަސްޠީނު ސިވިލް ޑިފެންސްއިން ބުނާ ގޮތުގައި މި އަމުރުގެ ސަބަބުން 400،000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮއްފައިވެއެވެ.
އެމެރިކާއަށް ދަތުރުކުރައްވަމުން ގެންދަވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ، ހުއްޓިފައިވާ ބަންދީން ބަދަލުކުރުމުގެ މަޝްވަރާތައް އަލުން ފެށުމަށްޓަކައި ބުރާސްފަތި ދުވަހު އިޒްރޭލުން ވަފުދެއް ފޮނުވާނެ ކަމަށެވެ. ނަމަވެސް، އެ ވަފުދު ދާނެ ތަނެއް އެމަނިކުފާނު ވަކިން ބަޔާންކުރައްވާފައެއް ނުވެއެވެ.
އިޒްރޭލުން ގާޒާއަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 38,983 މީހުން މަރުވެފައި ވާއިރު 89,727 މީހުންނަށް އަނިޔާވެފައިވެއެވެ. އޮކްޓޯބަރު 7 ގައި ހަމާސްގެ އިސްނެގުމުގެ ދަށުން އިޒްރޭލަށް ދިން ހަމަލާގައި އިޒްރޭލުގެ 1,139 މީހުން މަރުވިކަމަށް ލަފާކުރެވެއެވެ. އަދި އެތައް ބަޔަކު އަދިވެސް ގާޒާގައި ހިފެހެއްޓިފައި ތިބިކަމަށް ވެސް ބެލެވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް