އަޙުމަދު ރަމީޒު (ޕެލޭ) ވަކިވެގެން ދިއުމަކީ އެ ރަށަށް ލިބުނު ފުން ހިތާމައެއް
ހއ.މާރަންދޫއަށް އުފަން އަޙުމަދު ރަމީޒް، ޢުމުރުން 38 އަހަރުގައި މި ފަނާކުރަނިވި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. ރަމީޒު ނިޔާވިއިރު އަނތްބަކާއި، 3 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެންމެ ދޮށީ ދަރިފުޅުގެ އުމުރުން 17 އަހަރެވެ. އެންމެ ހަގު ދަރުފުޅު ތަޢުލީމު ޙާޞިލްކުރަމުން ދަނީ މާރަންދޫ ސުކޫލުގެ ގުރޭޑް 2 ގައެވެ.
މާރަންދޫ އަޙުމަދު ރަމީޒު އޭ ބުނުމުން ނޭނގޭ އެތައް ބަޔަކު އޭނާ ދަންނަނީ ޕެލޭގެ ނަމުންނެވެ. އެއީ ފުޓުބޯޅަ ދަނޑުތަކުން ވިދާލި ނަމެކެވެ. ބޮޑުތިލަދުންމަތީގެ ފުޓުބޯޅައަށް ދިރުން ގެނުވި ނަމެއްވެސް މެއެވެ.
އަޙުމަދު ރަމީޒުގެ ޚިދުމަތުގެ ވާހަކަ ބަޔާންކޮށްދޭން އެހާ ފަސޭހައެއް ނޫނެވެ. އެރަށުން ވާހަކަ ދެކެވުނު ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ބުނާ އެއް ވާހަކައެއް އޮވެއެވެ. "ގެއްލިގެން އެ ދިޔައީ އެންމެ ބޮޑު ޚިދުމަތްތެރިޔާ"އެވެ.
އަމިއްލަ ފައިދާއާ މަޞްލަޙަތަށްވުރެ ބޮޑަށް ރަމީޒު އިސްކުރެއްވީ ރަށުގެ މަސްލަޙަތެވެ. ރަށަށްޓަކައި އޮތް ސާފު ހިތަކާއެކު އޭނާގެ ފަރާތުން އެހީއެއް ލިބިފައިނެތް މީހަކު މަދުވާނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރަށުގެ ރައްޔިތުންނަށް އެންމެ ދަތިވަނީ ކޮންކަމެއްތޯ ބަލައި، އެހީއަށް ބޭނުން ޖެހިފައިވާ މީހުންގެ މުހުތާދުތައް އޮޅުން ފިލުވައި، އެ އެހީތެރިކަން އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ރަމީޒުގެ އެތައް ވަގުތެއް ވަނީ ހޭދަކޮށްފައެވެ.
އަޙުމަދު ރަމީޒުގެ ޚިދުމަތާ ގުޅޭގޮތުން ބައެއް ވާހަކަތައް މުޙައްމަދު މޫސާ (ޗެޕޭ) ވަނީ މި ނޫހާ ޙިއްސާ ކުރައްވާފައެވެ.
"ސިޔާސީ މީހަކަށްވުރެ ބޮޑަށް ރަމީޒަކީ އިޖްތިމާޢީ މީހެއް. މި ރަށުގެ ފުޓުބޯޅައަށް އެންމެ ބޮޑު ޚިދުމަތެއް ކުރި މީހަކީ އެއީ. މައިކަޕްގެ ދެވަނަ އަހަރުން ފެށިގެން ރަށު ޓީމު ނިކުންނަމުން އައީ އޭނާގެ ލީޑަރޝިޕްގެ ދަށުން. އެންމެ ފަހުން ބޭއްވި އިހަވަން ކަޕް ކާމިޔާބު ކުރުމުގައިވެސް އެންމެ ބޮޑު ޤުރުބާނީއެއްވި އެކަކީ އޭނަ. އަދި އިޖްތިމާޢީ ގޮތުން ކުރެވޭ އެހެން ކަންކަމުގައިވެސް ރަމީޒުގެ ޙިއްސާ ވަރަށް ބޮޑުވާނެ – މުޙައްމަދު މޫސާ ކިޔައިދިނެވެ.
ރަށު ކައުންސިލަށް އިންތިހާބު ވުމުގެ ކުރިން ރަމީޒު އަދާކުރަމުން ދިޔަ ވަޒީފާ އަކީ އެ ރަށު ސުކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. ރަށުގެ ޒުވާނުންގެ އެދުމުގެ މަތިން ކައުންސިލަށް ވާދަކޮށް ބޮޑު އަޣުލަބިއްޔަތެއް ހޯދިއެވެ.
ރަށުގައި ބާއްވާ އެކި އެކި މުބާރާތްތަކަށް ސްޕޮންސަރގެ ގޮތުގައި ފައިސާ ހޯދުމާއި، ރަށުން ލިބެން ނެތް މުޙިއްމު ތަކެތި ރަށަށް އެތެރެކޮށް އާއްމުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ރަމީޒު ވަނީ ސާބިތުކަން ދައްކުވައިދީފައެވެ.
އެންމެ ފަހުން މި ރަށުގައި ބޭއްވި ޤުރުއާން މުބާރާތަކަށްވެސް ރަމީޒުގެ މަސައްކަތުން 5 އުމުރާ ދަތުރު ހޯދި. އެހެންގޮސް އެތައް އެހީއެއް ހޯދުމަށް ރަމީޒު އަކީ ކެނޑިނޭޅި މަސައްކަތް ކުރި ހީވާގި މީހެއް – މުޙައްމަދު މޫސާ ބުންޏެވެ.
މިއަދު މުޅި މާރަންދޫއަށްވެސް ވެރިވެފައިވަނީ ފުން ހިތާމައެކެވެ. ކަރުނަ ނާޅާ ލޮލެއް ނެތެވެ. މާޔޫސްކަން ވެރިނުވާ ޒުވާނަކު ނެތެވެ. ޕެލޭގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެއެވެ. ގެއްލިގެން އެ ދިޔައީ އެންމެ ބޮޑު ޚިދުމަތްތެރިޔާއެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް