މިނިސްޓަރ ޝިޔާމް
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބުގެ އެއް ސިއްރަކީ ރަމަޟާންމަހުގެ މެންދުރުގެ ގަދަ ހޫނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދޮރުންދޮރަށް ހިންގެވި ހިންގެވުން ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދަޅުވީ ފާއިތުވި މަހެއްހާ ދުވަހު ރައީސް އަވަހާރަފުޅުލައްޕަވާފައިވަނީ ރެޔަކު 4 ގަޑިއިރުކަމަށެވެ. އަދި ރަމަޟާންމަހުގެ ދުވާލު މެންދުރު ގަޑީގައި 48 ޑިގްރީސެލްސިއަސްގައި ހުރި ހޫނާއެކު އެމަނިކުފާނު މާލޭސިޓީގެ ގެތަކަށް ދޮރުންދޮރަށް ކެންޕޭނަށް ހިންގެވުމަކީ ޕީއެންސީއަސް ލިބުނު ކާމިޔާބީގެ އެއް ސިއްރު ކަމުގައެވެ.
ފާއިތުވެގެން މިދިޔަ ދޮޅުމަހެއްހާ ދުވަހަކީ މިއަހަރުގެ އެންމެ ހޫނު ދުވަސްތައް ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ހާމަކޮށްފައެވެ. އިހުސާސުކުރެވޭ ހޫނުމިން 40 ޑިގްރީއިން މަތީގައި ހުރިއިރު, ފާއިތުވީ އަހަރުތަކަށްވުރެ މިއަހަރުގައި ހޫނުގަދަކަން މެޓުން ވަނީ ފާހަގަކޮށްފައެވެ.
ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި ކޮންގްރެސް ކޯލިޝަނުން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ހޯދާފައެވެ. އެގޮތުން ޕީއެންސީއަށް 66 ދާއިރާއެއް ކާމިޔާބުކުރެވުނުއިރު ޕީއެންސީގެ ތާއީދާއެކލު އިތުރު 8 ދާއިރާއެއްގެ ގޮނޑި ވަނީ ކާމިޔާބުވެފައެވެ.
ނިމެމުންދާ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް އެމްޑީޕީއަށް ވަނީ މިއިންތިޚާބުގައި ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެފައެވެ. އެގޮތުން އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރިއިރު ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް