ޙުސްނީ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
މަޖިލީހުގެ ސްޕަރ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ނިންމާނީ މުޢިއްޒު ސްޕީޑުގައި ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ އަލްއުސްތާޛު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ޙުސްނީ މިފަދައިން ވިދާޅުވީ މަނަދޫގައި މިހާރު ކުރިއަށްދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ ނިޒާމެއްގައި ތިން ބާރު އުފެދިފައިވާ ގޮތުން، ވެރިކަން ހިންގާ ބާރަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށާއި، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހުރިހާ ވަޢުދެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރަށް އެ ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.
ރައްޔިތުން އެދޭ ކޮންމެ ކަމެއްގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށާއި، މި ޤައުމުގެ ހުންގާނުގައި މިއަދު ހުންނެވީ ޤައުމަށް ނުހަނު އިޚްލާޞްތެރި ވެރިއެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ފަހި ފުރުޞަތެއް ކަމަށާއި، އެ ފުރުޞަތުގެ ބޭނުން ރައްޔިތުން ހިފަން ޖެހޭ ކަމަށެވެ.
ޙުސްނީ އަކީ ޤާނޫނީ ދާއިރާގައި 13 އަހަރުގެ ތަޖުރިބާ ހުރި ޢިލްމީ ޤާބިލް ބޭފުޅެކެވެ. މުޅި ދާއިރާއަށް ޙުސްނީ ވަޢުދުވެލައްވަނީ، ދިވެހީން ސަލާންޖަހަން ނުޖެހޭ ނިޒާމެއް ބިނާ ކުރުމާއި، އެއްވެސް ރައްޔިތެއްގެ ކަމެއްގައި ފަސް ނުޖެހުމާއި، ދިވެހީންނަށް ޖަވާބުދާރީވާނެ މަޖިލީހެއް އުފެއްދުމަށެވެ.
މި އިންތިހާބުގައި ޖުމްލަ 4 ކެނޑިޑޭޓެއް ވާދަކުރައްވާއިރު، އިންތިހާބުގެ ޕްލެޖް ދައްކާގޮތުން ޙުސްނީ އުޅުއްވަނީ މާ ކުރީގައެވެ. މާފަރު ރައްޔިތުން އެންމެ ބޮޑަށް އެދެމުން ދިޔަ އެ ރަށުގެ އިޙްތިޞާ އަނބުރާ އިޢާދަކށްދެއްވުމާއި، މާފަރުގެ ހިއްކި ބިމަށް އިތުރުކޮށްދިން 5 ހެކްޓަރުގެ ބިމާއެކު ރަށޫގެ ރައްޔިތުން ނިންމާފައިވަނީ މި ފަހަރު ޙުސްނީ ނޫން ބޭފުޅަކު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބު ނުކުރުމަށެވެ. ހަމައެގޮތަށް ލަންދޫ މަނަދޫއަށްވެސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ޙުސްނީ ވަނީ ވަޢުދުވެލައްވާފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް