ހުރިހާ ކަމެއް ދަނީ ރޭވި ގޮތަށް، ނަތީޖާ އެބަފެނޭ

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ހުރިހާ ކަމެއް ދަނީ ކުރަން ރޭވި ގޮތަށް ކަމަށާއި ނަތީޖާ ވެސް ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދު ވައްޓާލާފައިވާ އަނދަވަޅުގެ ވާހަކަ ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ވެސް ދެންނެވި ކަމަށާއި މި އަނދަވަޅުން އަރައިގަތުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް މިހާރު ދަނީ އެންމެ ފުރަތަމަ ދުވަހު ކަނޑައެޅި އަދި ރޭވި ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ކަނޑައެޅި ގޮތަށް ކުރަން ނިންމި ގޮތަށް، ކުރަން ރޭވި ގޮތަށް އިރާދަކުރެއްވިއްތީ މަސައްކަތްތައް ދަނީ ކުރެވެމުން. އަދި އިރާދަކުރެެއްވިއްޔާ ނަތީޖާ ވެސް ދަނީ ފެންނަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ޤައުމަށް ކަތާ ވަރަށް ނުވަތަ މި ޤައުމަށް ހެޔޮވަރު ވަރަށް ޤައުމުގެ ނިޒާމު ބައްޓަންކުރަންޖެހޭ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީ ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވި އެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކުރުމާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން ގާނޫނުތަކަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy