ލ. މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން މިފްކޯއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މާވަށުގައި ގާއިމްކުރާ 10 ޓަނުގެ އައިސްޕްލާންޓާއި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓި ގެ މަސައްކަތް ފެށުމަށް ޓަކައި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީފް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. މިފްކޯގެ ފަރާތުން އެ ކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރު މުހައްމަދު ޝަމީމް އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މާވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން މި ސަރަހައްދާއި މާވަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށާއި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ވެސް މިކަމުގެ މަންފާ ކުރާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފަ އެވެ.
ކޮމެންޓް