ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

ރައީސް ޑރ. މުއިއްޒު ލ. ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.

މި މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ.

އެގޮތުން އަންނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އަހުމިއްޔަތުކަން ދެއްވާނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އިންސާނީ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

12 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ތިން މަޝްރޫއެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ޑުރަގުގެ ވިޔަފާރީގެ ތުހުމަތަށް ޅޮހިން މީހަކު އަތުލައިގެންފި

14 ގަޑިއިރު ކުރިން
team

ފޮނަދޫ ކައުންސިލުން އެދުނު ކަންކަން ހައްލުކޮށްދޭނަން: ރައީސް

14 ގަޑިއިރު ކުރިން
team

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 23.46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

15 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ރައީސް

16 ގަޑިއިރު ކުރިން
team

ލ. މާވަށާއި ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
team

ހިތަދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

19 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހަމައަށް

20 ގަޑިއިރު ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓްކޮށްލަނީ

21 ގަޑިއިރު ކުރިން
team

ހިތަދޫ، ކުނަހަންދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

21 ގަޑިއިރު ކުރިން
team

އައްޑޫގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ އާބާދީ އިތުރުކުރުން: ނަޝީދު

21 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy