ލ. މާވަށާއި އެ އަތޮޅު ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި މަޝްރޫއުގެ ދަށުން ބިންގަނޑު އެއްވަރުކުރުމާއި ކޮންކްރީޓް މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާއި ކަރަންޓު މަސައްކަތްތަކާއި ޓާފު އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ.
ހިތަދޫ ވޮލީ ކޯޓު މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާއި ކަރަންޓު މަސައްކަތްތަކާއި ޓާފު އެޅުމާއި އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ.
ސަރުކާރުން މި ދެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ ނިންމާ ގޮތަށް ކޮންމެ މަޝްރޫއެއް 1.24 މިލިއަށް ރުފިޔާ އަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ، މާވަށާއި ހިތަދޫ ކައުންސިލް މެމްބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް