ލ. ހިތަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހަމައަށް

ރައީސް ޑރ. މުއިއްޒު ލ. ހިތަދޫ ކައުންސިލާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. ހިތަދޫ ކައުންސިލާއި، އަންހެނުންގެ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ ހިތަދޫ ކައުންސިލް އިދާރާގަ އެވެ.

ބައްދަލުކުރެއްވުމުގައި ކައުންސިލް މެމްބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެ ގޮތުން ކައުންސިލުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި އިސްކޫލުގެ މަލްޓި ޕާޕަސް ހޯލަކާއި އިތުރު ވަސީލަތްތައް ނެތުމުން ދިމާވާ ދަތިތައް ހިމެނެ އެވެ. މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ މިހާރުގެ ހާލަތާއި، ރަށުގައި ކަރަންޓު ދިނުމަށް ބޭނުންވާ ޕަވާ ހައުސްއެއް ނެތުމުން ދިމާ ދަތިތައް މެންބަރުން ފާހަގަ ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ.

މިއަދުގެ ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ހިއްސާ ކުރައްވާފަ އެވެ.

ކޮމެންޓް

team

މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

12 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ތިން މަޝްރޫއެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ޑުރަގުގެ ވިޔަފާރީގެ ތުހުމަތަށް ޅޮހިން މީހަކު އަތުލައިގެންފި

14 ގަޑިއިރު ކުރިން
team

ފޮނަދޫ ކައުންސިލުން އެދުނު ކަންކަން ހައްލުކޮށްދޭނަން: ރައީސް

15 ގަޑިއިރު ކުރިން
team

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 23.46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

16 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ރައީސް

17 ގަޑިއިރު ކުރިން
team

ލ. މާވަށާއި ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
team

ހިތަދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

19 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

20 ގަޑިއިރު ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓްކޮށްލަނީ

21 ގަޑިއިރު ކުރިން
team

ހިތަދޫ، ކުނަހަންދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

21 ގަޑިއިރު ކުރިން
team

އައްޑޫގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ އާބާދީ އިތުރުކުރުން: ނަޝީދު

21 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy