ފޮނަދޫ ކައުންސިލުން އެދުނު ކަންކަން ހައްލުކޮށްދޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނަދޫ ކައުންސިލާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ލ. ފޮނަދޫ ކައުންސިލުން ސަރުކާރަށް ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނި މި ގޮތަށް ވިދާޅުވީ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސް ވެރީންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްމުގަ އެވެ.

މި ބައްދަލުކުރެއްމުގައި ކައުސިލުން ވަނީ، ރަށުގެ އިހުތިސާސްގައި ގާދޫ ހިމަނައިދިނުމަށް އެދިލައްވާފަ އެވެ. ހަމައެއާއިއެކު އިސުކޫލުގެ އިމާރާތް ނުނިމި ލަސްވާތީ ދިމާވާ ދަތިތަކާއި، ރަށަށް ހޮސްޕިޓަލެއް ބޭނުންވާކަމުގައި މެންބަރުން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރަށުގައި ބަންކަރިންގެ ހިދުމަތް ފަށަން ބޭނުންވާކަމާއި ޕަބްލިކް ވޯކްސްގެ ހިދުމަތް ދިނުމަށް އިކުއިޕްމެންޓްސް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ.

ރަށުގައި ހުއްޓިފައިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންގެ އިމާރާތާއި، ފުޓްސަލް ދަނޑާއި، ޒުވާނުންގެ މަރުކަޒާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ކައުންސިލުން އެދިލެއްވި އެވެ.

ފޮނަދޫ ޒުވާނުންގެ ފަރާތުން ވަނީ، ރަށުގެ ފުއްޓަރުފަރާތުގައި ޖެޓީއެއް ހަދައިދިނުމަށް ވެސް އެދިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް

team

މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

12 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ތިން މަޝްރޫއެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ޑުރަގުގެ ވިޔަފާރީގެ ތުހުމަތަށް ޅޮހިން މީހަކު އަތުލައިގެންފި

14 ގަޑިއިރު ކުރިން
team

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 23.46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

16 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ރައީސް

16 ގަޑިއިރު ކުރިން
team

ލ. މާވަށާއި ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
team

ހިތަދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

19 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

20 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހަމައަށް

20 ގަޑިއިރު ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓްކޮށްލަނީ

21 ގަޑިއިރު ކުރިން
team

ހިތަދޫ، ކުނަހަންދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

21 ގަޑިއިރު ކުރިން
team

އައްޑޫގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ އާބާދީ އިތުރުކުރުން: ނަޝީދު

21 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy