ނ. ޅޮހީގައި މަސްތުވަތާކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ ނާރެސް، އިބްރާހީމް ރާއިފް، 23، އެވެ.
ފުލުހުން ބުނީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ އާ ގުޅުން ހުރި ގެއެއް ބަލައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 73.1 ގުރާމެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް