"ކޮސް ގިނަ މިސްޓޭކް" ގެ ޓިކެޓް ބުކިން އަށް ހުޅުވާލައިފި

ކޮސް ގިނަ މިސްޓޭކްގެ ޕޯސްޓަރެއް --

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ގެ ޓިކެޓް ބުކިން އަށް ހުޅުވާލައިފި އެވެ.

މި ނޮވެމްބަރު މަހުގެ 5 ގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމު އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19ގެ ނިޔަލަށެވެ. އެގޮތުން މިހާރު މި ފިލްމުގެ 5 ޝޯއެއްގެ ޓިކެޓް ބުކިން އަށް ހުޅުވާލާފައިވާއިރު، 7743399 އަށް ވައިބާ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައިވެ އެވެ.

މިފިލުގެ ޓްރެއިލާ އަދި ޓްރެއިލާ ލޯންޗް ކޮށްފައިވާއިރު، ފިލްމުގެ ޕޯސްޓަރުން އެކަނި ވެސް ފިލްމުގެ މަޖާކަން ފެނިގެން ދާއިރު، ފިލްމުގެ ޓްރެއިލާ އިން ވަނީ އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ދައްކުވައިދީފަ އެވެ.

"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ. ލޯބީގެ އިތުރުން ހިތްދަތި ކަމާއި، އިޖުތިމާއީ ފިލްމުތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސްގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނަ އިރު، މި ފިލްމުގެ އިންތިޒާރުގައި މިހާރު ވެސް ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެ އެވެ.

ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމުތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމުތަކަށް ފަހު މިފިލްމު ވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލުމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލުމްގެ ޕޮރޮޑިއުސަރު އިސްމާއިލް ޝަފީގު ބުންޏެވެ.

މީގެ އިތުރުން މިފިލްމު އުފައްދާ ސެޓާން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ކަމަނާ" އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމު "ކަނބުލޮ" ފަދަ ފިލްމު އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސް އެކެވެ.

މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިން ވެސް ފިލްމުތަކެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން އެވެ. މިފިލްމު ޝޫޓް ކޮށްފައިވަނީ މި އަހަރު ކުރީކޮޅު މ. މުލަކުގަ އެވެ.

މި ފިލްމަކީ މި ފަހުގެ ތާރީހެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ އެއް ފިލްމެވެ.

އެ ގޮތުން ފިލްމުގެ ހުރިހާ ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެނިގެންދާއިރު ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެ އެވެ.

މި ފިލްމުގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެ ފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ.  

މުހައްމަދު އަބްދު ގަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ގަނީ (ތޭރަ)، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫ އެވެ.

އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދު އެވެ.

ކޮމެންޓް

team

މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ތިން މަޝްރޫއެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި

11 ގަޑިއިރު ކުރިން
team

ޑުރަގުގެ ވިޔަފާރީގެ ތުހުމަތަށް ޅޮހިން މީހަކު އަތުލައިގެންފި

12 ގަޑިއިރު ކުރިން
team

ފޮނަދޫ ކައުންސިލުން އެދުނު ކަންކަން ހައްލުކޮށްދޭނަން: ރައީސް

12 ގަޑިއިރު ކުރިން
team

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 23.46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

13 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ރައީސް

14 ގަޑިއިރު ކުރިން
team

ލ. މާވަށާއި ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

16 ގަޑިއިރު ކުރިން
team

ހިތަދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

17 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

17 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހަމައަށް

17 ގަޑިއިރު ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓްކޮށްލަނީ

18 ގަޑިއިރު ކުރިން
team

ހިތަދޫ، ކުނަހަންދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy