ދިވެހި ފިލްމު "އިލްޒާމް" 90 އަށް ވުރެ ގިނަ ރަށުގައި އަޅުވަނީ

ދިވެހި ފިލްމު އިލްޒާމްގެ ޕޯސްޓަރެއް --

އޮލިމްޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު އިލްޒާމް 90 އަށްވުރެ ގިނަ ރަށުގައި ދައްކަން މިހާރު ވަނީ ހަމަޖެހެފަ އެވެ.

މި މަހުގެ 20 ގައި ރިލީސް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމު އާންމުކޮށް ރަށްރަށުގައި އަޅުވާނީ އެ ރަށަކުން ހަމަޖައްސާފައި ހުންނަ އެޖެންޓެކެވެ. އިލްޒާމް އަޅުވަން މިހާ ގިނަ އަދަދެއްގެ ރަށްރަށުން ބޭނުންވެފައިވާކަމީ ފިލްމުގެ ކާމިޔާބުކަން ފެންނަ ކަމެކެވެ.

އަދި ކޮންމެ ރަށެއްގައި ފިލްމު އަޅުވާ ދުވަސް ކަނޑައެޅުމުން" އިލްޒާމް"ގެ ސޯޝަލް މީޑިއާގެ އެކި ޕޭޖުތަކުގައި އެ ކަން އިއުލާނު ކުރަމުން މިހާރު އެބަ ގެންދެ އެވެ. އަތޮޅު ތެރޭގެ ރަށްރަށުގެ އިތުރުން ގިނަ އަދަދެއްގެ ރިސޯޓުތަކުގައި ވެސް އިލްޒާމް އަޅުވަން ވަނީ ނިންމާފަ އެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދާނެކަމަށް ބެލެވެ އެވެ.

މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި އަހުމަދު ނިމާލް އާއި މަރިޔަމް ޝަކީލާ ފަދަ ތަރީންނާއި ޔޫއްޕެ އަދި ޖުމައްޔިލް ފަދަ ތަރީން ހިމެނެ އެވެ. ފިލްމުގެ ޓިކެޓް މިހާރު ދަނީ އޮލިމްޕަހުގައި ވިއްކަމުންނެވެ.

ރަށްރަށުގެ އިތުރުން ރިސޯޓުތަކުގައި ފިލްމު އެޅުވުމަށް ގުޅާނީ 9105590، މި ނަންބަރަށެވެ.

ކޮމެންޓް

team

މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ތިން މަޝްރޫއެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި

11 ގަޑިއިރު ކުރިން
team

ޑުރަގުގެ ވިޔަފާރީގެ ތުހުމަތަށް ޅޮހިން މީހަކު އަތުލައިގެންފި

12 ގަޑިއިރު ކުރިން
team

ފޮނަދޫ ކައުންސިލުން އެދުނު ކަންކަން ހައްލުކޮށްދޭނަން: ރައީސް

12 ގަޑިއިރު ކުރިން
team

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 23.46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

13 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ރައީސް

14 ގަޑިއިރު ކުރިން
team

ލ. މާވަށާއި ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

16 ގަޑިއިރު ކުރިން
team

ހިތަދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

17 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

17 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހަމައަށް

17 ގަޑިއިރު ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓްކޮށްލަނީ

18 ގަޑިއިރު ކުރިން
team

ހިތަދޫ، ކުނަހަންދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy