މުޅި ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ހުނަރުވެރި އަދި މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވޭ ދަރާގެ ފޮރުވިފައިވާ އެތައް ހަގީގަތްތަކެއް ވަރަށް އަވަހަށް ފަޅާއަރަން އުޅޭކަމުގެ ވާހަކަތަކެއް ދަނީ ދެކެެވެމުންނެވެ. މިކަމާ ގުޅިގެން މުޅި ފިލްމީ ދާއިރާއަށް ވަނީ އާދަޔާ ހިލާފު ޝޮކެއް ވެރިވެފައެވެ.
ދަރާއަކީ، އޭނާގެ ހުނަރުވެރިކަމާއި، ކުޅަދާނަކަމާއެކު ދިވެހި ފިލްމީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. އޭނާ ކުޅެފައިވާ ކޮންމެ ފިލްމަކީވެސް ބެލުންތެރިންގެ ހިތްތަކުގައި ލޯބިޖެހިފައިވާ މަސައްކަތެކެވެ. ނަމަވެސް މިހާރު މި ދެކެވޭ ވާހަކަތަކުގެ ސަބަބުން، ދަރާގެ ފިލްމީ ދިރިއުޅުމާއި، އަމިއްލަ ދިރިއުޅުމާ ބެހޭ ގިނަ ސިއްރުތަކެއް ފަޅާއަރަން އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.
މިކަން ހާމަވާން އުޅެނީ ކޮން ގޮތަކަށްކަމެއް ނުވަތަ ކޮން ވަގުތެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ. މި ވާހަކަތައް ދެކެވެމުން ދާއިރު މި މަހުގެ 20 ވަނަ ދުވަހު ދަރާ އެންމެ ފަހުން ކުޅެފައިވާ ފިލްމް އިލްޒާމް އޮލިމްޕަސް ސިނަމާގައި އަޅުވަން ވަނީ ހަމަޖެހެފައެވެ. ނަމަވެސް މި ސިއްރުތައް ބޭޒާރުވުމުން ދަރާގެ ދިރިއުޅުމަށް އަދި ފިލްމީ ކެރިއަރަށް އަންނާނެ ބަދަލުތަކާ މެދު ސުވާލު އުފެދެއެވެ.
ދަރާގެ ދިރިއުޅުމުގެ އެތައް ހަގީގަތްތަކެއް ފޮރުވިފައިވާ މި ފޮށި، ވަރަށް އަވަހަށް ހުޅުވި، އޭގެ ތެރެއިން ނުކުންނާނެ ކަންކަމަށް މުޅި ރާއްޖެ މިވަނީ ތައްޔާރުވެފައެވެ.
ކޮމެންޓް