ހިންނަވަރު ފޮޓޯއެއް
ފޭކް ސްލިޕް ފޮނުވައިގެން 172،000ރ. ގެ މުދާ ހޯދި މީހަކު ޖަލަށް
ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު، ފޭކް ސްލިޕް ފޮނުވައިގެން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ހޯދި މީހަކު އެއް އަހަރާއި ފަސް މަހަށް ޖަލަށްލައި، އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ/ ދާގަނޑުކެކުރިގެ، ޝާފިއު ޝިހާބެވެ. އޭނާގެ މައްޗަށް ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
ޝާފިއުގެ މައްޗަށް އެ ދެ ދައުވާ ކޮށްފައިވަނީ ޖޫން 2022 އިން ފެށިގެން އޮކްޓޫބަރު 2022 އާ ހަމައަށް އެކި ފަހަރުމަތިން ޅ. ހިންނަވަރުގައި ހުންނަ ފިހާރައަކުން 172،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ނެގުމަށްފަހު ފިހާރައިގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައިގަ އެވެ.
ޝާފިއު ވަނީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށްވެސް އިއުތިރާފުވެފަ އެވެ. އަދި ކުށުގެ އަދަބު ޖަލު ހުކުމަކުން، ޖޫރިމަނާއަކަށް ބަދަލުކޮށް އޭނާ އެދުނެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު އިއްޔެ ހުކުމް ކުރެއްވީ، ޖޫރިމަނާގެ ފައިސާ ދެއްކޭނެ ކަމުގެ ހެއްކެއް ޝާފިއުގެ ފަރާތުން ހުށަހަޅާފައިނުވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމާއި ގަޒީ ބުނެފައި ވެ އެވެ. ނަމަވެސް ޝާފިއުގެ ކުށުގެ ރިކޯޑަށާއި އެ ނޫން ހާލަތްތަކަށް ބަލާއިރު އަދަބު ދަރަޖަ މަތިވާންޖެހޭ ހާލަތެއް ނެތުމުންނާއި އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ ގާޒީ ވަނީ އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށް ކުރައްވައިފަ އެވެ.
އެހެންވެ އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 11 މަހާއި 12 ދުވަހަށް އަދި ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާގައި ހަ މަހާއި ހަ ދުވަހަށް ޝާއިފު ޖަލަށް ލުމަށެވެ.
މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ 172،000ރ. ދެއްކުމުގެ ގޮތުން ކޮންމެ މަހަކު 34،413ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް މި އަހަރުގެ ޑިސެމްބަރުގެ ކުރިން ދައްކައި، ނިންމަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް