އިލްޒާމްގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ، ނަސީބުވެރި ފަރާތަށް އައިފޯން 17 ޕްރޯއެއް

—-

ޔޫއްޕެ ޕްރޮޑަކްޝަނުން ޔޫސުފް ޝަފީޢު ޑައިރެކްޓްކޮށް، މުޙައްމަދު ޢަބްދުالله ޕްރޮޑިއުސްކޮށް އުފައްދާ ދިވެހި ފިލްމް އިލްޒާމްގެ ޓިކެޓް މިއަދު ވިއްކަން ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން މިއަދު މެންދުރު 2:00 ގައި ޓިކެޓް ވިއްކަން ފަށާއިރު، އޮކްޓޯބަރ 6 ގެ ނިޔަލަށް ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 17 ޕްރޯއެއް ދިނުމަށް ވަނީ ނިންމާފައެވެ.

މިއީ އީ ޕްލެޓިނަމްގެ ފަރާތުން ސްޕޮންސަރކޮށްދެއްވާފައިވާ ހަދިޔާއެވެ. މި ފޯނު ލިބޭ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުގެރޭ އޮންނަ މި ފިލްމްގެ ޕްރިމިއާރ ނައިޓްގައެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީޢު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދާނެއެވެ. އަދި މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމްގެ ކުޑަ ކުއްޖެއްގެ ރޯލުން އަލަށް ތައާރަފްވާ ކިންޒާ ހުސައިން[ގޮމަ]ގެ ހުނަރުވެރިކަންވެސް މި ފިލްމްއިން ފެނިގެންދާނެއެވެ.

ފިލްމަކީ ދިވެހި މުޖުތަމަޢުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމަޢުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ.

ޚާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދާނެކަމަށް ބެލެވެއެވެ. މިފަދަ ފިލްމުތަކަކީ އަބަދުވެސް ދިވެހި ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާ ފިލްމުތަކެކެވެ.

ކޮމެންޓް

team

މާވަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ތިން މަޝްރޫއެއް ހިންގަން އެމްޓީސީސީއާއެކު ސޮއިކޮށްފި

11 ގަޑިއިރު ކުރިން
team

ޑުރަގުގެ ވިޔަފާރީގެ ތުހުމަތަށް ޅޮހިން މީހަކު އަތުލައިގެންފި

12 ގަޑިއިރު ކުރިން
team

ފޮނަދޫ ކައުންސިލުން އެދުނު ކަންކަން ހައްލުކޮށްދޭނަން: ރައީސް

12 ގަޑިއިރު ކުރިން
team

މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު 23.46 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

13 ގަޑިއިރު ކުރިން
team

ކުނަހަންދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ރައީސް

14 ގަޑިއިރު ކުރިން
team

ލ. މާވަށާއި ހިތަދޫ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

16 ގަޑިއިރު ކުރިން
team

ހިތަދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

17 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

17 ގަޑިއިރު ކުރިން
team

ލ. ހިތަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސް އާ ހަމައަށް

17 ގަޑިއިރު ކުރިން
team

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު އަތުލައިގަނެ، ޑީޕޯޓްކޮށްލަނީ

18 ގަޑިއިރު ކުރިން
team

ހިތަދޫ، ކުނަހަންދޫ ކޯޒްވޭ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy