ޒަރީރު
ވެލިދޫދިއްގާ ފަޅަކީ އއ. ބޮޑުފޮޅުދޫ ބައެއްކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވާ ގޮތުން މާފަރުގެ ބައެއްގެ ގޮތުގައި މިލަންދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އާއި "ކަންޑިންމަހުރާ" ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންނެއެވެ.
މީގެ އިތުރުން އަރިއަތޮޅު އުތުރުބުރީ "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުންނެއެވެ.
ނ. މާފަރުގެ އިޙްތިސާސުން ދެ ފަޅުރަށާއެކު، ފަޅުގެ ބޮޑުބައެއް ކުރީ ސަރުކާރުން އުނިކޮށްފައިވުމުން އެބައި އަނބުރާ ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއެވެ.
އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރު މާފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުފައި ކުރީ ސަރުކާރުން އެ ރަށުގެ އިޙްތިސާސުން ވަކިކޮށްފައިވާ ބަޔަކީ އެ ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ ވެރިކަމެއްގެ ކުރީކޮޅުގައި ނިންމަވައި ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. ތަރައްޤީގެ މިންގަނޑުން އެ ރަށަކީ ވަރަށް ގިނަ ކަންކަން ކުރެވެން އޮތް ރަށެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކުރިން އޮންނަނީ މާފަރުގެ އިޙްތިސާސްގެ ތެރޭގައެވެ. ނަމަވެސް ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2020 ވަނަ އަހަރު ވަނީ އެ ދެ ރަށްވެސް ހިމެނޭގޮތަށް މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަޙައްދެއް އިޙްތިސާސުން ވަކިކޮށްފައެވެ
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް