ފައިސާ ޗާޕު ނުކޮށް 13 ބިލިއަން ރުފިޔާ ދައްކައިފިން

—-

ފައިސާ ޗާޕު ކުރުން ހުއްޓާލުން ވެގެން ދިޔައީ އުނދަގޫ ކަމަކަށް ކަމަށާއި، އެހެންނަމަވެސް ފައިސާ ޗާޕުނުކޮށް އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ މިހާރުވެސް ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އިޤްތިސާދީ އެޖެންޑާގައިވާ ކަންކަން ހާސިލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެގޮތުން މިހާތަނަށް ހާސިލު ކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލަން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ތައުރީފުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕުނުކޮށް އަދި ލޯނު ނުނަގައި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން 13 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުން ކުރި މަސައްކަތްތަކަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާގެ ތެރެއިން 4 ބިލިއަން ރުފިޔާ އަދި ސަރުކާރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާގެ އިތުރުން ބޭރު ލޯނުތަކަަށް ދައްކަންޖެހޭ 2.7 ބިލިއަން ރުފިޔާއާއެކު ޖުމްލަ 13 ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ރާއްޖެއަށް ވަރަށް މުހިންމުވި ނިންމުމެއް ކަމަށާއި، އެކަމުގެ ފައިދާ މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

---

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

44 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy