ހީނާގެ ރައްދު ފައްޔާޒަށް: ހުއްދަ ނުނަގާ އެއްވެ އުޅެވޭ ތަންތަން ވާނީ އިތުރުކޮށްފައި!

ސަރުކާރުގެ ތަރުޖަމާން، ހީނާ ވަލީދު: ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިން ކަމަށް ބުނެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ވާހަކައަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ރައްދު ދެއްވައިފި އެވެ.

ހީނާ، މިފަދައިން ރައްދު ދެއްވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ބާއްވާނެ ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް މި ސަރުކާރުން ހުރަސް އަޅަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވުމުންނެވެ.

ފައްޔާޒަށް ރައްދު ދެއްވައި، ހީނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށް ޑިމޮކްރެސީގެ ހަމަތައް  ދެމެހެއްޓުމަށް ޓަކައި، ޒިއްމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި، ގައުމަށް ޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ކުރިން ހުއްދަނެގުމަކާ ނުލާ، މީގެކުރިން އެއްވެ އުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަނިކަން ހަނދާން ކޮށްދެއްވަމުން ހީނާ ވިދާޅުވީ ނަމަވެސް އެކަން ބަދަލުކޮށް މިސަރުކާރުން ވާނީ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީ ވެސް ކުރިން ހުއްދަ ނެގުމަކާ ނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަށެވެ.

"އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފްލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި  އަސާސެކެވެ..،" ހީނާ ވިދާޅުވި އެވެ.

ފައްޔާޒު ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ އެ ހަފުލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިހާރު ގަސްދުކުރަނީ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށް ކަމަށެވެ.

އެހެންކަމުން ފައްޔާޒު ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މުލިއާގޭ ކަންމަތީގައި އެ ޖަލްސާ ބާއްވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީ އަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު އެ ރޭގެ 9:00 އަށް މުލިއާގޭ ކަންމައްޗަށް ދިއުމަށް ދައުވަތު އަރުވާފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

44 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy