4000 ފުލެޓުގެ މަސައްކަތް ރައީސް މުއިއްޒު ބައްލަވައިލައްވައިފި

4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް މުއިއްޒު، ބައްލަވައިލެއްވުން: ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ފުލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މިއަދު ބައްލަވައިލައްވައިފި އެވެ.

މި ފުލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކަށް މިއަދު ހަވީރު ރައީސް ކުރެއްވި ޒިޔާރަތުގައި، މަޝްރޫއާ ބެހޭ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވެވި އެވެ.

ހަތަރު ހާސް ފުލެޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކޮށް، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފެށުމެވެ. އަދި މި މަޝްރޫއު ވީހައި އަވަހަކަށް މުޅީން ފުރިހަމަ ކުރުމެވެ.

މި ފުލެޓުތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އުސޫލާ އެއްގޮތަށް ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށް ވެސް ފުލެޓު ލިބޭނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފަ އެވެ.

grrgrrrgr.jpg

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު މި ދައުރުގެ ތެރޭގައި ހިންގުމެވެ.

މިގޮތުން، މާލެ ސަރަހައްދާއި ރަށްރަށުގައި ހިޔާވަހި ކަމަށް ޓަކައި ބިން ހިއްކުމުގެ މަޝްރޫއުތައް މިހާރު ހިންގަމުން އަންނައިރު، އަތޮޅުތަކުގައި އެންމެ ގިނަ ފުލެޓު ބިނާ ކުރުމަށް މިހާތަނަށް ހިންގޭ މަޝްރޫއު ސަރުކާރުން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

އަދި އިސްލާމިކް ފައިނޭންސްގެ އުސޫލުން ފަސް އިންސައްތައަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓްގައި ހިޔާވަހިކަމުގެ ލުއި ލޯނުތައް މިއަހަރު ދޫކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަމިއްލަ ހިޔާވަހިކަމެއްގެ ފުރުސަތު ފަހިކޮށްދޭނެ އެވެ.  

މީގެ ކުރީން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ގިނަ ފުލެޓުތަކެއްގެ ކުލި މި ސަރުކާރުން ވަނީ ލުއިކޮށްދީފަ އެވެ. އަދި ހިޔާފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން، ކޮންމެ ޓަވަރަކު އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy