އެމްޓީސީސީން ހިއްސާ އަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ އާންމު އަހަރީ ޖަލްސާގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާ އަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެމްޓީސީސީން ހިއްސާދާރަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގައި، އަންގާރަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އަހަރީ އާންމު ޖަލްސާގައި އެޖެންޑާ އައިޓަމްތަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޖަލްސާއަށް ހިއްސާދާރުން ހާސިރުވެގެންނާއި އަދި ހިއްސާދާރުން ބޭނުންވާ ނަމަ އޮންލައިންކޮށް ވެސް ބައިވެރިވެ ވޭގޮތަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރި ކޮށެވެ.

ޖަލްސާއަށް ހާޒިރުވެތިބީ މުޅިއެކު 156 ހިއްސާދާރުންނެވެ. އެއީ މުޅިއެކު 5,587,737 ހިއްސާ އެވެ. އެއީ ކުންފުނީގެ ރައުސުލްމާލުގެ 69.52 އިންސައްތަ ހިއްސާދާރުންނެވެ.

އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިޔާ ކޮންމެ ހިއްސާދާރާކަށް ބަހާށެވެ.

އަދި ކުންފުނީގެ މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި، 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން މިއަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 'ޑެލޮއިޓް ޕާޓްނާސް' އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

43 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy