އޭޝިއާ ކަޕް އަންހެން ކޮލިފައިން އިން ރާއްޖެއަށް ލިބުނީ ތިންވަނަ

އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖެ ކުޅެނީ: ފޮޓޯ/ ހެލްތް މިނިސްޓްރީ

ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދައިފި އެވެ.

އިއްޔެ މެންދުރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކުރީ 86-22 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖެއިން ނިންމާލީ 23-0 ގެ ބޮޑު ލީޑެއްގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ ނިމުނުއިރު ރާއްޖެއަށް 38 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ތިން ވަނަ އަދި ހަތަރުވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަނގްލަދޭޝްއަށް ހޯދުނީ 9 ޕޮއިންޓެވެ. ފަހު ކުއާޓާގައި ބަންގްލަދޭޝްއިން ހިތްވަރުކުރި ނަމަވެސް ރާއްޖެއިން ވަނީ ލީޑު ދަމަހައްޓައި، 86-22 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު، ލައިރާ އަހުމަދު ފިރާޝް ވަނީ 12 ޕޮއިންޓް ސްކޯކޮށް، 20 ރީބައުންޑް ނަގައިފަ އެވެ. ދެން، އެންމެ ރަނގަޅަށް ކުޅުނު މަރިޔަމް ކައިލީން ޝިރުހާން ވަނީ 30 ޕޮއިންޓް ސްކޯކޮށް، ހަ ރީބައުންޑް ނަގާފަ އެވެ. ކައިލީން ސްކޯކުރި 30 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓަކީ ތްރީ ޕޮއިންޓްތަކެވެ.

މިއީ ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ އަންހެން ޓީމެއް ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތަކުން ހޯދި ފުރަތަމަ މެޑަލް އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy