ބީއެމްއެލްގެ މުވައްޒަފުން މީގެ ކުރިން ލޭ ހަދިޔާ ކުރަނީ --
ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ހިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފި އެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން ގައުމީ ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ލޭ ހަދިޔާ ކުރުމާއި ލޭ އެޅުމުގެ ފަރުވާގެ ނިޒާމް ހަރުދަނާކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ލިބޭނެ ނިޒާމެއް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ކޮންމެ މަހަކު ލޭ އަޅާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭ ގޮތުގެ ހެލްތު ރެކޯޑްސް އެއްކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި، ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތަކާއި، ސަރަހައްދުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި މި ފަދަ މައުލޫމާތުގެ އެހީގައި ދިރާސާތައް ކުރެވި، އެ ދިރާސާގެ އެހީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ހިދުމަތުގެ ސިޔާސަތުތައް އެކުލެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުން ކުރަން ފެށުމަށް ނިންމާފައިވާކަން މިނިސްޓަރުގެ ވާހަފުޅުގައި ފާހަގަ ކުރެއްވި އެވެ.
އެގޮތުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒު ކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް