ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް --
ބައިނަލްއަގުވާމީ މައިދާންތަކުގައި ކުދި މަސްވެރިންގެ ސިޔާސަތާއި، އިންވެސްޓްމެންޓުތަކުގެ ވާހަކަ ގިނަގިނައިން ދައްކަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން އިސް ނަގައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން މެނޭޖުކުރުމަށް ބާރުއެޅުމާ ގުޅޭ ހާއްސަ ބައްދަލުވުމުގަ އެވެ.
މި ސެޝަންގައި ކުދި މަސްވެރިންގެ ސިޔާސަތުތަކުގެ ވާހަކަ ގިނަގިނައިން ދައްކަންޖެހޭނެކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް އެ ފަރާތްތަކުގެ ވާހަކަ އަންނަނީ ބައިނަލްއަގުވާމީ އެ ފަދަ މަޝްވަރާތަކުގެ ހަވާސާގައި އެކަނި ކަމަށެވެ.
ކުދި މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައި ކަމަށާއި މިކަން ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެ، ސައިންސާއި ޓެކްނޮލޮޖީގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް ވެސް މިނިސްޓަރު ޝިޔާމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
މި ސެޝަންގައި ސަރުކާރުތަކުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން (އެސް.އެސް.އެފް) މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށްފައިވެ އެވެ. އަދި ކަމާބެހޭ ކޭސް ސްޓަޑީސްތަކާއި ތަޖުރިބާކާރުންގެ މަޝްވަރާތައް ވެސް ސެޝަންގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް