މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
އާންމު ދަތުރުފަތުރުގެ ހިދުމަތެއްގެ ގޮތުގައި ދެމުން އަންނަ ބަހުގެ ހިދުމަތް މާލޭގައި އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ބޭނުން ކުރާ ބަހުގެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށް އެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ އާބާދީ ބޮޑެތި ބަހެއް ސަރަހައްދުތަކުގައި ބަހާއި ފެރީގެ ހިދުމަރް ދެމުން އަންނަނީ ކުރީގެ ސަރުކާރުގައި އޭނަ އެމްޓީސީސީގެ ސީއީއޯއަކަން ހުންނެވި އިރު، އެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްގެން ފެށި ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އާޒިމް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ހަރުދަނާކުރުމަށްޓަކައި މާލެ އަށް އިތުރު ބަސްތައް އިތުތު ކުރުން މުހިއްމު ކަމަށެވެ.
"އެއީ ކުރިން ކެޕޭސިޓީ ކަނޑައެޅިގެންދާ އިރު އަޅުގަނޑުމެން އޮޕްޝަންތަކެއް އެބަ ދޭން ޖެހޭ މީހުން ތަންތަނަށް ދާން އެގޮތަށް ވިސްނައިގެން، އެންމެން ވެގެން މިކަން ކުރެވޭނީ،" އޭނަ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުން ކަމަށާއި ވެހިކަލް ލިމިޓް ކަނޑައެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މިހާ ކުޑަކުޑަ ތަނެއްގައި ބޭނުންހާ ވަރަކަށް އުޅަނދުތަކަށް ނޫޅެވޭނެ. މިހާރު މިސާލަކަށް މާލޭގައި އަޅުގަނޑުމެން މިއަދު އެކަން [ލިމިޓެއް ކަނޑަނާޅަައިފި ނަމަ] ނުކޮށްފި ނަމަ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެއްވެސް އުޅަނދަކަށް މިތާނގައި ކުރިއަކަށް ނުދެވޭނެ،" އޭނަ ވިދާޅުވި އެވެ. "ހަމަ ހުއްޓާލައިގެން ތިބެން ޖެހޭނީ."
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް