ކުޅުދުއްފުށީގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި

--

އެކި ދާއިރާތަކަށް ހާއްސަ ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު ކުޅުދުއްފުށި ސިޓީގައި އޮޕަރޭޝަންތަކަށް ހާއްސަ ކޭމްޕެއް މިއަދު ފަށައިފި އެވެ.

މި ކޭމްޕް ބާއްވަނީ ހެލްތް މިނިސްޓްރީ އާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ފަރާތުންނެވެ.

ކޭމްޕް ކުޅުދުއްފުށީގައި ކުރިއަށްދާނީ ޖޫން 12 އިން 14 އަށެވެ. ކޭމްޕުގައި ތަޖުރިބާކާރު 8 ޑޮކްޓަރުން ބައިވެރިވާނެކަމަށް ކޭއާރުއެޗްއިން ބުނެފައިވެ އެވެ. މިޓީމްގައި 8 ޑޮކްޓަރުން ހިމެނެ އެވެ.

މި ކޭމްޕުގައި ކަފާލައިގެން (އޯޕަން) އަދި ލޯވަޅުއަޅައިގެން (ލެޕްރަސްކޯޕިކް) ކޮށް އޮޕަރޭޝަން ކުރުމާއި، ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުމާއި، ޕްލާސްޓިކް ސަޖަރީގެ ހިދުމަތާއި، ކެންސަރުބަލީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ދިނުން ހިމެނެއެވެ.

އަދި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާއި، ނާރުގެ ބަލިތަކުގެ އޮޕަރޭޝަން (ނިއުރޯ ސާޖަރީ) ގެ ޑޯކްޓަރުގެ ހިދުމަތުގެ ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދިނުން ހިމެނެ އެވެ.

ބަލިތަކަށް ފަރުވާދިނުމަށް ޑޮކްޓަރުންގެ ޓީމުން އޯޕީޑީގައި ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނުތައް ނަގައިދިނުމަށް ހަމަޖެހިފައިވާކަމަށް ކޭއާރުއެޗްއިން ބުނެފައިވެ އެވެ.

މި ކޭމްޕް ފެށުމުގެ ކުރިން ނަން ނޯޓް ކުރަން ހުޅުވާލި ފުރުސަތުގައި ގިނަބަޔަކު ނަންނޯޓްކޮށްފައިވާ ކަމަށް ވެސް ކޭއާރުއެޗް އިން މައުލޫމާތުދެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy