ސައުދީގެ ހައްޖު މިނިސްޓަރު ރައީސް މުއިއްޒާ ބަދައްލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ސައުދީ އަރަބިއްޔާގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ، ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފި އެވެ.
މިނާގައި ހުންނަ ހައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސަރުކާރުން ދެމުން ގެންދާ މެހުމާންދާރީއަށާއި އެއްބާރުލުމަށް އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދިން ފުރިހަމަ ހިދުމަތަށް ޓަކައި، ސައުދީ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް، ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ހައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަ ކުރައްވައި، ދިވެހި ހައްޖާޖީންނަށް ދިން ހާއްސަ މެހުމާންދާރީއަށާއި އެ ގައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމު ތަކުގެ ފުރިހަމަ ކަމަށް ތައުރީފު ކުރެއްވި އެވެ.
ރައީސް މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައޫދީ އަރަބިއްޔާގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ގައުމުގައި ތިއްބަވަނީ، ސައުދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް