ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާއި އިގުތިސާދުގެ ބިންގާ: ރައީސް

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް، ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ސިއްހަތާއި އިގުތިސާދީ ވިލުންތެރިކަމުގެ ބިންގާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް ސާބިތު އަޒުމެއްގައި ހުންނެވިކަން ހާމަ ކުރައްވާފަ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަކި މެސެޖެއް ވެސް ފޮނުއްވާފައިވެ އެވެ.

އެ މެސެޖުގައި އެމަނިކުފާނު ވަނީ، 2024 ވަނަ އަހަރު ތަންފީޒު ކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަކީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އެ ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ ޒިންމާތައް އިތުރުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ އޮނިގަނޑުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރާނޭ ފުރުސަތު އެ އިދާރާއަށް ލިބިގެންދިޔަ އެވެ.

މިއަދުގެ މެސެޖުގައި ރައީސް ވަނީ އެމް.އެފް.ޑީ.އޭ އިން ހިންގާ މީސްމީޑިއާ ކެމްޕެއިން "މުކައްބަ" އަކީ އާންމުންގެ ހިޔާލު ހޯދުމަށް ހިންގާ ކާމިޔާބު، އުފެއްދުންތެރި، އަދި ދުރުވިސްނުން ފެންނަ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވައި އެ މަސައްކަތައް ތައުރީފު ކުރައްވާފަ އެވެ.

މީގެ އިތުރުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ކާބޯތަކެތީގެ ވިޔަފާރިވެރީންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. އަދި، އެއީ ޖަވާބުދާރީ ކުރެވޭ މިންވަރު އިތުރުކޮށް، ހޭލުންތެރިކަން އިތުރު ކުރުމުގެ މާހައުލެއް އުފެއްދުމަށް މުހިއްމު މަސައްކަތްތަކެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމުގައްޔާއި ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް މި ސަރުކާރުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޑަބްލިޔުއެޗުއޯ އިން ކަނޑައަޅާފައިވަނީ "ފުޑް ސޭފްޓީ- ސައިންސް އިން އެކްޝަން" މިއެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy