ކަރަންޓު ކެނޑުނު މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނަން: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: ފޮޓޯ/ ދިޔަރެސް

މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށްފަހު، އެކަމުގެ ތަފުސީލު ހާމަކުރާނެ ކަމަށާއި އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ކަރަންޓުގެ ހިދުމަތް ކެނޑުނީ މިއަދު ގާތްގަނޑަކަށް 12:30 ހާއިރު އެވެ.

މިމައްސަލައާ ގުޅުވައިގެން ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓާ މާލެ އިންޓާކަނެކްޝަން ގުރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ކަރަންޓު އަލުން ދިނުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ފަހުމީ ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ފަހުމީ ވިދާޅުވީ މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމަށެވެ

"މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މައާފަށް އެދެން،" ފަހުމީ ވިދާޅުވި އެވެ.

މުޅި މާލޭ ސަރަހައްދުން މިއަދު ގާތްގަނޑަކަށް ފަސް ގަޑިއިރަށް ކަރަންޓު ކެނޑިފައިވާއިރު، ފަހުމީ ވިދާޅުވީ އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ދެނަގަނެ އެ މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސްޓެލްކޯއިން މިއަދު ނޫސްވެރިންނަށް މައުލޫމު ދެމުން ބުނީ ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި އެއްވެސް އިކުއިޕްމަންޓަކަށް ނުވަތަ ގްރިޑުގެ ބަޔަކަށް ވެސް ގެއްލުމެއް ލިބިފައިކަން އަދި މިހާތަނަށް ބެލި ބެލުމުން އެނގިފައިނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy