މައްކާއަށް ދިޔަ ދިވެހި ހައްޖާޖީއަކާ އެމްޑީ ޝަކީލް، ހިނިތުންވުމާ އެކު އިސްތިގުބާލުކުރައްވަނީ —
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން މިހާރު ތިބީ މައްކާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ހައްޖު ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރަން 1000 ހައްޖާޖީން، ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފަ އެވެ.
ޝަކީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހައްޖު ކޮޕަރޭޝަންގެ ހަވާލުގައި ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރި ހުރިހާ ހައްޖުވެރިން ވެސް މިހާރު ތިބީ މައްކާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައި ކަމަށެވެ.
"ޖުމުލަ ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު،" ޝަކީލް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން މިފަަހަރު ވަނީ ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާގައި، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށް ޓަކައި ހާއްސަ ކުލިނިކެއް ގާއިމު ކޮށްފަ އެވެ. މި ކުލިނިކުގައި ބޭސްފަރުވާ އާއި ހޮސްޕިޓަލް އެނދު ވެސް ހުރެއެވެ.
ހަތަރު ފުލައިޓެއްގެ މަތިން ހައްޖާޖީން މައްކާއަށްގޮސްފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެހުމާ އެކު ހައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންގޮސްފަ އެވެ.
މި އަހަރުގެ އަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް