ރައީސް ޑރ. މުޙައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
މާލޭ ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރުވެފައިވާ އެންމެންނަށް ގްރޭޓާ މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓް ދޫކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެކި މަޝްރޫއުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓާ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓް، މި ދައުރުގެ ތެރޭގައި ދޫކުރައްވާނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އެކަނި، 4000 ފުލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަހައްދުގައި ޒަމާން ތަކަކަށް ދެމިގެންދިޔަ ބޯހިޔާވަހި ކަމުގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓް، ކަށަވަރުކޮށް ދިނުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށެވެ. އަދި، މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މި އަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފުލެޓް ހަވާލު ކުރެވޭ ކަމުގެ ލިޔުން ދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރި ކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ފުލެޓް ގެއްލުނު ފަރާތްތަކަށް، މި ސަރުކާރުގެ ފުރަތަމަ ގެދޮރުވެރި ކަމުގެ މަޝްރޫއުގެ ދަށުން ފުލެޓް ހަވާލު ކުރެވޭނެ ކަމަށާއި އަދި، މިއަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އެހެން ސްކީމެއްގެ ދަށުން ގެދޮރު ކަށަވަރުވެފައިވުން ކަމަށް ރައީސް މުއިއްޒު ވެސް ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް