ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިޔުއެޗުއޯގެ ހާއްސަ އެވޯޑް އެރުވުން: ފޮޓޯ/ ރައީސް އޮފީސް
ދިވެހި ރައްޔިތުންގެ ސައްހަތު ރައްކާތެރިކޮށް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ކުރައްވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް، ދެއްވާ ހާއްސަ އެވޯޑެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
މި އެވޯޑް ރައީސަށް އަރުވާފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާގަ އެވެ. އެވޯޑު ރައީސްގެ އަތްޕުޅަށް އެރުވީ ޑަބްލިޔުއެޗުއޯގެ ރީޖަނަލް ޑިރެކްޓާ ސައިމާ ވާޒިދު އެވެ.
ޑަބްލިޔުއެޗުއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ދެއްވި ހާއްސަ މެސެޖުގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސް މުއިއްޒު ތަސްދީގު ކުރައްވާފައި ވުމުން، ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުން ތަކެއް ހާސިލު ކުރެވިފައިވާ ކަން ފާހަގަ ކުރައްވާފައިވެ އެވެ.
އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރު ކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެ ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް، ރާއްޖެ އެތެރެ ކުރުމާއި ގެންގުޅުން މަނާ ކުރުންފަދަ ކަންކަން ހިމެނެއެވެ.
އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރު ކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާއި ސްޕޮންސާ ކުރުން، މަނާ ކުރުން ވެސް އެޖަމުއިއްޔާއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.
އެ ޖަމުއިއްޔާއިން ފާހަގަކުރާ ގޮތުގައި، މި މަސައްކަތްތަކަކީ ހަމައެކަނި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫނެވެ. މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ގައުމުތަކަށް ވެސް ވަރަށް ހަރުދަނާ ނަމޫނާއެކެވެ.
މިރޮނގުން ރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމުއިއްޔާއިން ސިފަ ކޮށްފައި ވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރު ކޮށްދޭނެ ތަސައްވުރެއްގެ ގޮތުގަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް