މިއަދަކީ ދިވެހި ހައްޖުވެރީންނަށް ތާރީހީ، އުފާވެރި ދުވަހެއް: ރައީސް

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ --

މިއަދަކީ ދިވެހި ހައްޖުވެރީންނަށް ތާރީހީ އަދި އެހާމެ އުފާވެރި ދުވަހެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަފުޅުގައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީތީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިކަމުން އެނގިގެން ދަނީ ރާއްޖެ އާއި ސައުދީ އާ ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ކަމަށާއި މިއީ ދިވެހީންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވިދާޅުވީ، ސައުދީ ސަރުކާރުން ދިވެހި ހައްޖުވެރީންނަށް ހަމަޖައްސައިދީފައިވާ އިންތިޒާމު ތަކަކީ ވަރަށް ފުރިހަމަ އިންތިޒާމު ތަކެއް ކަމަށާއި މި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ސައުދީ ހައްޖު މިނިސްޓްރީއަށާއި، މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސައުދީ އިންޓީރިއާ މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރީންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަދި ދިވެހި ހައްޖުވެރީންނަށް ހިދުމަތް ދިނުމަށާއި ހައްޖު ވެރީންގެ ހިދުމަތުގައި މިހާރު ވެސް ދިވެހި ހައްޖު މިޝަނުން ސައުދީގައި ހަރަކާތްތެރި ވަމުން އަންނަކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ހައްޖުވެރީންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސައުދީގެ ކަމާބެހޭ އިދާރާ ތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ދިވެހި ހައްޖުވެރީންނަށް ހާއްސަ ކުލިނިކެއް ވެސް މިހާރު ގާއިމު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ހައްޖުވެރީންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެއީ މުޅި އިސްލާމީ އުއްމަތަށް އެ ގައުމުން ދޭ ފުރިހަމަ ހިދުމަތެއް ކަމަށެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy