ރައުދު އަހުމަދު ޒިލާލް --ފޮޓޯ/ ސޯޝަލް މީޑިއާ
މާލޭ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް، 22،ގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގ. ފެންޓޯނިއޯގޭގެ ނުވަ ވަނަ ފަންގިފިލާ އިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓިފައި އޮއްވާ ފެނިފައި ވަނީ އެ ދުވަހުގެ 07:23 ހާއިރު އެވެ.
އެނގިފައިވާ ގޮތުގައި ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި ޕީޖީ އޮފީހުން އެ މައްސަލަ ބަލައިގަނެ، 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް އެނގިފައިވެ އެވެ.
ރައުދުގެ މައްޗަށް ފުލުހުން ކުރަނީ ޔުމްނު ވެއްޓުމުގައި އޭނާގެ އިހުމާލެއްވާ ކަމަށާއި މަސްތުގެ ހާލަތުގައި ހުރި ކަމުގެ ތުހުމަތެވެ. އަދި އަންހެން މީހާ ވެއްޓުނުކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ނާންގައި އެތަން ދޫކޮށް ގޮސްފައިވާ ކަމުގެ ތުހުމަތު ވެސް ރައުދުގެ މައްޗަށް ފުލުހުން ކުރެ އެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ރައުދު ބަންދުން ދޫކޮށްލުމަށްފަހު، އައު އަމުރެއްގެ ދަށުން ހަމަ އެ ދުވަހު އަލުން ހައްޔަރުކުރި އެވެ. ނަމަ ވެސް ރައުދު ބަންދުން ދޫކޮށްލަން ނިންމި ސަބަބު ފުލުހުން ހާމައެއް ނުކުރެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް