ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ކޮރަޕްޝަން ހިންގަން އެއްވެސް މީހަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެންނަން ބޭނުންފުޅުވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭނާއި އަދި އެޗްޑީސީގެ އައު ވެބްސައިޓް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ވެވުނު ވަރަކުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާމްދަނީ އަކީ ހެޔޮ ގޮތުގައި ހޯދާ އެއްޗަކަށް ވާންޖެހޭ ކަމަށާއި އެ އިމުން ބޭރުން ހިނގާ ކަމަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެޗުޑީސީން ކުރަމުން އަންނަ މަސައްކަތްތައް އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން ކުންފުނިތަކުން ކުރަން ފަށާފައިވާ މި ފަދަ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަފުޅުގައި ވަނީ ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއްގައި ފުއްދަވައިދެއްވަން ވައުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް، އެޗުޑީސީގެ އެއްބާރުލުމާ އެކު، ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.
މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓާ ޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފުތިތާހު ކުރެވިގެން ދިޔައިރު، ހުޅުމާލޭ ރިވައިސްޑް މާސްޓާ ޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރައްގީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓާ ޕްލޭނެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް