ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ޓަކައި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސް ޑރ. ޑ މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގަ އެވެ.

މިއީ، ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމު ވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެ ފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާ ތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެ ފަދަ ކުށްތަކުން ކުޑަކުދިން ދުރު ކުރުމަށް ފިޔަވަޅު އެޅުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެ ފަދަ ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނިޓަރކޮށް، ކޮންޓްރޯލް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫން ވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

ގޭންގު ގާނޫނަކާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަކަށް، 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ އަމަލު ކުރެވެމުންނެވެ.

ނަމަވެސް މި ދެ ގާނޫނުން ވެސް ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެވިފައިނުވުމާ އެކު މިއަދު މި ތަސްދީގު ކުރެއްވި ގާނޫނުގެ ބޭނުމަކީ، ރައްޔިތުން އެދޭ ފަދަ ހައްލެއް މިކަމަށް ގެނައުމް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައު ގާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބައެއް ބަދަލުތަކުގެ ތެރޭގައި:

1. ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމުގެ ގޮތުން ގޭންގުތަކާއި އަދި ގޭންގްތަކާއި ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން

2. ގޭންގުތަކަށް ފައިސާ ހަރަދު ކުރާ މީހުން ހުއްޓުވުން

3. ގޭންގުތަކާއި ގުޅިގެން ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެގޮތުން ހޯދާފައިވާ ފައިސާ އާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން

4. ގޭންގު ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުން

5. ކުޑަކުދިން ގޭންގުތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅު ތަކެއް އެޅުން

6. ހާއްސަ މޮނިޓަރިން ކުރިއަށް ގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން

7. ކުށްކުރާ މީހުން މޮނިޓަކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުވުން، މިއެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން މިދިޔަ 18 މަސްދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އެގޮތުން، ސަރުކާރުން ވަނީ ގޭންގު ކްރައިމް އެންފޯސްމެންޓްގެ ނަމުގައި ވަކި ވިންގެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ޖުލައި 1، 2024 ގައި ގާއިމު ކުރައްވާފަ އެވެ. އަދި ގޭންގު ކުށްތަކާ ގުޅޭ މައްސަލަ ތަކުގައި މިދިޔަ 18 މަސްދުވަހު، ގްރޫޕުތައް އެއްވެ އުޅޭ ސަރަހައްދުތަކުން 31511 މީހުން ހުއްޓުވައި ސުވާލުކޮށް އެކި މައްސަލަ ތަކުގައި 180 މީހަކު ހައްޔަރު ކުރެވި، އޭގެ ތެރެއިން 83 މީހަކާ ދެކޮޅަށް ދައުވާ އުފުލާފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

30 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy