--
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ އެސްއޯއީ ކެޓަގަރީ ސްޓެލްކޯއިން ކާމިޔާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވި މި އިނާމާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
އެކްސްޕޯގައި ސްޓެލްކޯއަށް ކާމިޔާބު ލިބުނު ދައްކާލުމުގައި ހިމެނޭ "ރީޖަނަލް ސްކާޑާ" ސިސްޓަމަކީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގައި ހަކަތަ އުފެއްދުމާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމަށް އެ ކުންފުނިން ތަރައްގީކޮށްފައިވާ ސިސްޓަމެކެވެ.
މި ސިސްޓަމްގެ އެހީގައި ޖެހޭ މައްސަލަތައް ފަސޭހަކަމާ އެކު ހައްލު ކުރެވި ކުއްލިއަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުން މަދުކޮށް، އަދި މުސްތަގުބަލުގައި ހަކަތަ ބޭނުންވާނެ މިންވަރު ދެނެގަނެ ޕްލޭން ކުރަން ފަސޭހަވެގެން ދާނެ އެވެ.
"އަޅުގަނޑުމެންގެ ކާމިޔާބު ޓީމަށް ބޮޑު މަރުހަބާއަކާއި މި ކާމިޔާބީ ހާސިލު ކުރުމަށް މެދުވެރިވި ސްޓެލްކޯގެ އެންމެހާ ހީވާގި އަދި އިހުލާސްތެރި މުވައްޒަފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން،" ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުންޏެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މައުރަޒު ކުރިއަށްދާނީ މިއަދުން ފަށައިގެން މި މަހުގެ ނިޔަލަށެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލާނީ މިރޭ 8:30ގަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް