ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު މީގެ ކުރިން ދޫނިދޫއަށް ގެންދަނީ -- ފޮޓޯ/ އެކްސް

މާލޭ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ރައުދު، މިއަދު ހެނދުނުގެ ވަގުތެއްގައި ދޫކޮށްލިއިރު، އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަހުގެ ބަންދުގެ މުއްދަތު ވެސް އަދި ހަމަ ނުވެ އެވެ.

އޭނާ ބަންދު ކުރުމުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ދައުވާ ފޯމު ވެސް ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ގ. ފެންޓޯނިއޯގޭގެ ނުވަ ވަނަ ފަންގިފިލާ އިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނިފައި ވަނީ އެ ދުވަހުގެ 07:23 ހާއިރު އެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅުވައިގެން ރައުދު ހައްޔަރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

ފުރާޅެއްގެ މައްޗަށް ޔުމްނު ވެއްޓުނު ރޭ، އޭނާއާ އެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަ ކޮށްފައިވާއިރު އެ މައްސަލައިގައި މިއަދާ ހަމައަށް ހައްޔަރުކޮށްފައި ވަނީ އޭނާ ވެއްޓުނުއިރު، އެ ގޭގައި އޭނާއާ އެކު އުޅުނު ރައުދު އެކަންޏެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy