މާލޭގެ ޓްރެފިކް ހާލަތު ރަނގަޅު ކުރުމަށް މަޝްވަރާ ބައްދަލުވުމެއް

--

މާލޭގެ ޓްރެފިކް ހާލަތު ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝްއެވެ. މިބޭފުޅުންގެ އިތުރުން މިނިސްޓްރީގެ އިސް ވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މާލޭގެ މަގު ތަކުގައި ދިމާވަމުންދާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް އެ މިނިސްޓްރީން ކުރިއަށްގެންދާ ދިރާސާއާ ގުޅޭ ގޮތުން ކަމަށެވެ.

މި ދިރާސާގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި ވެރިރަށް މާލޭގެ މަގު ތަކުގައި ޓްރެފިކް ޖެހުމުގެ އަސްލު ސަބަބުތައް ދެނެގަތުމާއި، މަގު ބޭނުން ކުރާ އެންމެހައި ފަރާތް ތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ ކަމާއި ރައްކާތެރިކަން ލިބިދިނުމާއި، އަދި ދެމެހެއްޓެނިވި، ދިގު މުއްދަތުގެ ހައްލުތަކެއް ހޯދުން ހިމެނެ އެވެ.

މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ފާހަގަ ކުރީ މި ދިރާސާގެ ނަތީޖާ ލިބުމުން، އެ ނަތީޖާއަށް ބިނާކޮށް އަވަސް ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ. އަދި މި މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި އެހެނިހެން ކަމާބެހޭ އިދާރާ ތަކުގެ އެއްބާރުލުން ވަރަށް މުހިންމުކަން ވެސް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy